މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ އެކުވެނި ޓްރެކް ކައިރީ ބޭރުމަގުގައި ކާރަކާއި ބަހެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިއަދު 18:9 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގެ ވިޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ވީޑިއޯ އިން ފެންނަގޮތުގައި ކާރަށާއި ބަހަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން ކާރު ވަނީ ވަރަށް ބޮޑަށް ފުނޑިފަ އެވެ.

މިހާދިސާގައި އަނިޔާ ލިބުނު މީހުންނަށް ލިބުނު ޒަހަމްތަކުގެ ތަފްސީލް ނުލިބެއެވެ.