ސަރުކާރުގެ ޚަރަދު ކުޑަކުރުމުން ޓެކްސް ބޮޑުކުރާކަށް ނުޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ކުރެއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދަރަނި ރީސްޓްރަކްޗާކޮށް، ޚަރަދު ކުޑަކުރުމުން ޓެކްސް ބޮޑުކުރަން ނުޖެހޭނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމީ އެމްޑީޕީއާ އެއްވެސް މަޝްވަރާއެއް ނުކޮށެވެ.
"އަޅުގަނޑަކީ އެމްޑީޕީގެ ރައީސް އަދި އެމްޑީޕީގެ އެމްޕީއެއް. އަޅުގަނޑަށް ސަރުކާރުން ޖައްސަވާ ހިސާބު ބަލައެއްނުގަނެވޭ. ދިމައެެއް ނުވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން އެފަދައިން ނިންމިޔަސް އެކަން ތަންފީޒު ކުރެވޭނީ ގާނޫނަށް އިސްލާހު ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން އެކަން ފާސްކުރުމުންނެވެ.
ރާއްޖެ މިދަނީ ދަރަންޏާ ދިމާލަށް ކަމަށާއި ސަރުކާރަށް ގޯސް ހެދުނަސް އެ ގޯސް ބަލައިގަނެ ޕާޓީއާ މަޝްވަރާކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސަރުކާރަށް މިފަދަ ގޯސްތައް ހެދެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކަންކަން ގާތުން ނުބައްލަވާތީ ކަމަށެވެ."އަޅުގަނޑުދެކޭގޮތުގަ މިކަން ނުކޮށްފިނަމަ އަޅުގަނޑުމެންގެ އިތުބާރު ސަރުކާރަށް ގެއްލޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުން އުޅޭތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.
ޖީއެސްޓީ ބޮޑު ކުރަންވާނީ އަދި ނަގަންވާނީ ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެންނޭ އެގޮތުން ވޯޓެއް ނަގާއިރު ކޮންމެހެން ނުޖެހޭނެއޭ ރާއްޖެތެރޭ މީހުންނަށް ފެންނަ ވޯޓަކަށް ދާން މާލެ ސަރަހައްދުގައި ތިބި މީހުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާ ވޯޓްލީ މީހުންގެ %85 އަށް ވުރެން މަތިން ފާސްވުމުން ނޫނީ ރައްޔިތުން އަތުން އެއްވެސް ޓެކްސް އެއް ނަގައިގެން ނުވާނެއޭ މަޖްލީހުގައި ތިބީ ނުކިޔަވާ ތިބި ތަންދޮރު ނުދަންނަ ކަނޑުކޮހުންނޭ