ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ދިން ހަމަލާ ކުށްވެރި ކުރައްވައި، އެމަނިކުފާނަށް އަވަސް ޝިފާއަަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފި އެވެ.
އަބޭއަށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ބަޑީގެ ހަމަލާއެއް ދީފައިވަނީ ޖަޕާނުގެ ނާރާ ސިޓީގައި ކެޕްމެއިން އިވެންޓެއްގައި ހުންނަވަނިކޮށެވެ.
މިހަލާ ކުށްވެރި ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕެއިން ރެލީއެއްގެ ތެރެއިން އަބޭއަށް ހަމަލާދިން ހަބަރާއެކު ވަރަށް ކަންބޮޑުވެ ވަޑައިގެންނެވިކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނާއި އެމަނިކުފާނުގެ ނަން ފުޅުގައި އަބޭއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސްގެ ޓްވީޓްގައި ވިދާޅުވި އެވެ.
މިހަމަލާގައި އަބޭގެ ހަށިގަނޑުގެ ދެ ތަނަކަށް ވަޒަން އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އުމުރުން 67 އަހަރުގެ އަބޭ މި ވަގުތު އޮންނެވީ ސިއްހީ ގޮތުން ވަރަށް ނާޒުކު ހާލަތެއްގައި ކަމުގައި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވިދާޅުވި އެވެ. އަދި، އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ކިޝީޑާ ވިދާޅުވި އެވެ.
މިހަމަލާއާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންދަނީ މިކަން ކުށްވެރި ކުރަމުންނެވެ.