ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގައި ފަރުވާ ދެމުން ދަނިކޮށް އަވަހާރަ ވެއްޖެއެވެ.
އަބޭ އަވަހާރަވީ މީގެ އިރުކޮޅެއް ކުރިން ކަމުގައި ޖަޕާނުގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޝިންޒޯ އަބޭއަށް ހަމަލާ ދީފައިވަނީ އެ ގައުމުގެ ނާރާ ސިޓީގައި ކެމްޕެއިން ރެލީއެއްގެ ތެރެއިން ރައްޔިތުންނާ މުހާތަބުކުރައްވަން ހުންނަވަނިކޮށެވެ. ބަޑީގެ ދެ ހަމަލާއެއް އަމާޒުވިއިރު، އަބޭ ޒަހަމްވީ ބަޑީގެ ދެވަނަ ހަމަލާގައިކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ ތެރެއިން އެއް ހަމަލާ ސީދާ އޭނާގެ މެއަށް އަމާޒުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
މިހަމަލާއާ ގުޅިގެން ޖަޕާނުގެ ފުލުހުންވަނީ 41 އަހަރުގެ މީހަކު ހައްޔަރު ކޮށްފަ އެވެ. ރޮއިޓާސް އިން މައުލޫމާތު ދޭ ގޮތުގައި މި ހަމަލާ ދީފައިވަނީ ޓެޓްސުޔާ ޔަމަގާމީ ކިޔާ މީހެކެވެ. އޭނާއަކީ އަބޭގެ ސިޔާސަތުތަކާ ނުރުހޭ މީހެއް ކަމަށްވެސް ރޮއިޓާސްއިން ބުނެ އެވެ.
20 އަހަރުވެފައިވާ އުޅަނދުތައް އަގެއް ދިނުމަށްފަހު ދައުލަތަށް!
އެމްއޭސީއެލްގެ މުވައްޒަފުންނަށް ޕީއެންސީއަށް ވަންނަން އަންގަނީ
ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް މަތިކޮށްފި