އެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް އާންމުވެފައިވާ ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ޝިފާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާގެ ވީޑިއޯތަކާ ގުޅިގެން އެއްވެސް ތަހްގީގެއް ނުހިންގާ އަދި އޭނާ ހައްޔަރު ނުކުރާތީ އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށްވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ޝިފާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލައިގައި ޝިފާ އާއި މިހާތަނަށް ފުލުހުން ސުވާލެއް ކުރިކަން ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އީދު ތެރޭގައި ބޭއްވި ޝޯވތަކުގައި ވެސް ޝިފާވަނީ ބައިވެރިވެފަ އެވެ. އެގޮތުން ކ. ދިއްފުށީގައި ބޭއްވި އީދު ޝޯވގައިވެސް ޝިފާ ވަނީ ބައިވެރިވެފަ އެވެ. އަދި ލ. އަތޮޅު ހިތަދޫއަށް ދާން ނިންމާފައިވަނިކޮށް އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމުން އެ ދަތުރުވަނީ ކެންސަލްވެފަ އެވެ.
އަރިދަފުސް ރޯގާގެ ތަޖުރިބާ އެކި މީހުންނަށް ތަފާތުވަނީ ކީއްވެ؟
ރައީސްގެ ވައުދަކަށް ވީތީ އުފެއްދި ސިޓީސް މިނިސްޓްރީ އުވާލައިފި
ޔޫއޭއީ ސަފީރުކަމުން ވަކިކުރި މުންދުއަށް ސަރުކާރުގެ ތަރުޖަމާނުކަން