ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ގެނެސްދޭ "ކޮފީ ވިތު ކަރަން 7" ގައި އާމިރު ހާނާއި ކަރީނާ ކަޕޫރު ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާމިރު ހާނާއި ކަރީނާ މިޝޯގައި ބައިވެރިވަނީ އަންނަ މަހު ސިނަމާތަކުގައި އެޅުވުމަށް ނިންމާފައިވާ "ލާލް ސިންގް ޗައްޑާ" ގެ ޕްރޮމޯޝަނަށެވެ. މީޑިއާތަކުން ބުނީ ވަރަށް އަވަހަށް ދެ ތަރިން އެ މީހުންގެ އެޕިސޯޑްތައް ޝޫޓް ވެސް ކުރާނެ ކަމަށެވެ.

އާމިރާއި ކަރީނާގެ އެޕިސޯޑްގައި ފިލްމީ ވާހަކަތަކުގެ އިތުރުން އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ގިނަ ވާހަތަކެއް ވެސް ހިއްސާކުރާނެ އެވެ.

މީގެ ކުރީގެ ސީޒަން ތަކުގައި މިދެ ތަރިން ވަނީ ބައިވެރިވެފަ އެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން މިހާރު ގެނެސްދެމުން އަންނަ ކަރަން ޖޯހަރްގެ ޗެޓް ޝޯ، "ކޮފީ ވިތު ކަރަން 7" މިހާތަނަށް ވަނީ ދެ އެޕިސޯޑެއް ދައްކާފަ އެވެ.

އެއީ ރަންވީރު ސިންގް އާއި އާލިއާ ބަޓާ އެކު ގެނެސްދިން ޝޯގެ ޕްރީމިއާ އެޕިސޯޑާއި މިދިޔަ ބުރާސްފަތި ދުވަހު ސާރާ އަލީ ޚާނާއި ޖާންވީ ކަޕޫރާ އެކީ ގެނެސްދިން އެޕިސޯޑެވެ.