ތިމާވެށި ރައްކާތެރިކުރުމަށްޓަކައި، އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން، މިއަދުން ފެށިގެން ވިޔަފާރި ކުރާ މީހުންގެ އަތުން ޕްލާސްޓިކް އަދި ކަރުދާސް ކޮތަޅުގެ އަގު ނަގަން ނިންމައިފި އެވެ.
އެސްޓީއޯއިން ބުނީ، މިއީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށްޓަކައި ވިޔަފާރި ކުރަން އަންނައިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެންނަން އާދަކުރުމަށް އެއްބާރުލުމަށް ގެނައި ބަދަލެއް ކަމަށެވެ.
އެސްޓީއޯއިން މީގެ ކުރިން ބުނެފައިވަނީ އެކުންފުނިން ވިޔަފާރި ކުރާއިރު ގެނައުމަށް ނިންމި މި ބަދަލަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށެވެ.
އެއާއެކު އެސްޓީއޯއިން ޕްލާސްޓިކް ކޮތަޅެއް ވިއްކާނީ 2.5 ރުފިޔާއަށެވެ. އަދި ކަރުދާސް ކޮތަޅެއް ނަމަ ދެ ރުފިޔާއަށް ކޮތަޅެއް ވިއްކަން އެސްޓީއޯއިން ނިންމާފައިވެ އެވެ.
ފާއިތުވި އަހަރުގައި ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމަށް ނިންމާފައިވާއިރު، މި ޓެކުހާ ގުޅޭގޮތުން ސަރުކާރުން އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ޓެކްސް ވިޔަފާރިވެރިން، ކަސްޓަމަރުންގެ އަތުން ނަގަން ވަނީ ހަމަޖެހިފަ އެވެ.
ދަރިވަރުން ކާނާ ވިހަވި މައްސަލަ އެޗްއާރުސީއެމުން މޮނިޓާކުރަނީ
އެމްއެމްއޭގެ ތަސައްވުރަކީ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުން
10 އަހަރު ފަހުން "ބޭބީ ޝާކް ބޯއީ"ގެ ފެނިލުމެއް!
