މީގެ ދުވަސްތަކެއް ކުރިން ސޯނަމް ކަޕޫރް އަހޫޖާއާ އޭނާގެ ފިރިމީހާ އާނަންދު އަހޫޖާ އާންމުންނާ ހިއްސާކުރި ހަބަރަކީ ދުވަސްތަކެއް ވަންދެން އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީގައި ހިނގަމުން ދިޔަ ހަބަރުތަކެކެެވެ.

އެއީ ސޯނަމްއާއި އޭނާގެ ފިރިމީހާއާއަށް ދަރިއަކު ލިބެން އުޅޭ ހަބަރުތަކެެވެ.

ސޯނަމްއާއި އޭނާގެ ފިރިމީހާ މިހާރު ދަނީ ދަރިފުޅު އަންނަން ވާއިރަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންނެވެ.

އެގޮތުން ސޯނަމްއާއި އޭނާގެ ފިރިމީހާ ވަނީ އެދެމީހުންނަށް ލިބެން އުޅޭ ދަރިފުޅުގެ "ބޭބީ ޝަވާ" އާދިއްތަ ދުވަހު ބާއްވާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އެހެން ނަމަވެސް ދާދި ފަހުން ބޮލީވުޑް އިންޑަސްޓްރީގެ ގިނަ ފަންނާނުން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެދެމީހުން ވަނީ ބޭބީ ޝަވާ ކެންސަލްކޮށްފަ އެވެ.

ބޮޑު ހަފްލާއެއްގައި އަގު ބޮޑުކޮށް ބާއްވާ އެ ބޭބީ ޝަވާގައި އިންޑަސްޓްރީގެ ފުންނާބު އުސް ފަންނާނުންނަށާއި، އެކުވެރިންނަށް ދައުވަތު އަރުވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި އެ ހަފްލާ ކެންސަލް ކޮށްފައިވަނީ ހަފްލާއަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައި އޮއްވައި ކަމަށާއި، ގެސްޓުންނަށް ހަދިޔާ ބަހާފައި ވަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސޯނަމް ވަނީ މާބަނޑު ދުވަސްވަރު އޭނާ ކުރަމުން ގެންދާ ތަޖުރިބާއާ ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ. ސޫނަމް އޭނާގެ މާބަނޑު ދުވަސްވަރު ސިފަކުރަނީ ވެސް ވަރަށް ވޭންހުރި ދުވަސްތަކެއްގެ ގޮތުގަ އެވެ.

ސޯނަމްއާ އޭނާގެ ފިރިމީހާ އާނަންދު ކައިވެނީގެ ގޮތުން ގުޅުނީ 2018 ވަނަ އަހަރު މެއި މަހުގެ އަށްވަނަ ދުވަހު އެވެ.