ބޮލީވުޑްގެ މަޝްހޫރު އެކްޓަރެސް އާލިއާ ބަޓްއާ ވައްތަރުވެގެން މަޝްހޫރުކަމެއް ލިބިގެންދިޔަ އަންހެން ކުއްޖާއަށް ޓީވީ ޑްރާމާއަކުން ފުރުސަތު ލިބިއްޖެ އެވެ.

އާލިއާއާ ވައްތަރުވެގެން ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވަނީ އިންޑިއާގެ އައްސާމް ސްޓޭޓަށް ނިސްބަތްވާ ސެލެސްޓީ ބައިރަގޭ އެވެ.

އާލިއާގެ ސަޕޯޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސެލެސްޓީއަށް ލިބިފައިވަނީ ސްޓާ ޕްލަސްއިން ގެނެސްދިނުމަށް ހަމަޖެހިފައިވާ "އުޑްތީ ކާ ނާމް ރާޖޯ" ޑްރާމާއިންނެވެ. މިޑްރާމާގެ ޓްރެއިލާ މިހާރު ސްޓާ ޕްލަސްއިން އަންނަނީ ދައްކަމުންނެވެ.

ސެލެސްޓީ ސޯޝަލް މީޑިއާގައި މަޝްހޫރުކަން ލިބިގެންދިޔައީ އާލިއާގެ ފިލްމު "ގަންގޫބާއީ ކަތިއާވާޑީ" ގެ ސީނެއް ރިކްރިއޭޓްކޮށްފަ އެވެ.

https://www.instagram.com/p/Ce3opAbJjkm/

އިންގްލިޝް ލިޓްރޭޗާ އިން ޑިގްރީއަށް ކިޔަވަމުން އަންނަ ސެލެސްޓީއަކީ ކުޑައިރުން ފެށިގެންވެސް އެކްޓް ކުރުމަށް ސައުގުވެރިކަން ހުންނަ ޒުވާނެކެވެ.

ސްޓާ ޕްލަސް އިން އޮގަސްޓް 8 ގައި ދައްކަން ފަށަން ތައްޔާރުވެފައިވާ އެ ޝޯގައި ސެލެސްޓީ ފެންނާނީ މަޝްހޫރު އެކްޓަރު ރަޖްވީރް ސިންގްއާ އެކު އެވެ. ރަޖްވީރަކީ "ގުރުބާން ހުއާ" އަދި "ކިޔާ ކަސޫރް ހޭ އާމްލާ ކާ" ކަހަލަ މަޝްހޫރު ޝޯތަކުން ފެނުނު ތަރިއެކެވެ.

https://www.instagram.com/p/CXsyCMxLDs_/

ސެލެސްޓީ އަށް ޑްރާމާއަކުން ފުރުސަތު ލިބުމުން އޭނާ ބުނީ އެކްޓް ކުރުމަކީ ސްކޫލު ދުވަސް ވަރުން ފެށިގެން ޝައުގުވެރިކަން ހުންނަ ކަމެއް ކަމަށެވެ.

https://www.instagram.com/p/CgEUb0FDH2P/