ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ސެލީނާ ގޮމޭސް އޭނާއަށް 30 އަހަރު ފުރުނު ދުވަސް ފާހަގަކޮށްފި އެވެ.

މިމަހުގެ 22 ވަނަަ ދުވަހު އޭނާއަށް 30 އަހަރު ފުރިފައިވާއިރު، އޭނާ ވަނީ، އުފަންދުވަހާ ގުޅިގެން ރޭގަނޑުގެ ކެއުން އޭނާގެ އެންމެ ގާތް ރަހުމަތްތެރިންނާއެކު ފާހަގަކޮށްފަ އެވެ.

އޭގެ ތެރޭގައި ސެލީނާގެ ޒަމާންވީ އެކުވެރިޔާ ކަމަށްވާ މަޝްހޫރު ޓެއިލާ ސްވިފްޓް ވެސް ހިމެނޭއިރު، ދެ މީހުންގެ ފޮޓޯތައް ވެސް މިހާރު ސޯޝަލްމީޑިއާގައި ދަނީ އާންމުވަމުންނެވެ.

ސެލީނާ އާއި ޓެއިލާ އެންމެ ފުރަތަމަ ބައްދާލުވީ، 2008 ވަނަ އަހަރު ކަމަށް ސެލީނާ ބުނެފައިވެ އެވެ. އޭރު އޭނާ އުޅުނީ ލޯބީގެ ގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް އޭނާ މައުލޫމާތު ދީފައިވެ އެވެ.

ސެލީނާ ބުނިގޮތުގައި އެދެމީހުންވެސް އެކީގައި ޖޯނަސް އާއިލާއަށް ނިސްބަތްވާ ދެމީހުންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ.

ސެލީނާ އާއި ޓެއިލާ އަކީ މަގުބޫލު ލަވަތަކެއް އާންމުންނާއި ހަމައަށް ގެނެސްދިން ދެފަންނާނުންނެވެ. އަދި އެ ދެފަންނާނުން ވަނީ ބައެއް ހުށަހެޅުންތައް އެކީގައި ވެސް ހުށަހަޅާފަ އެވެ.