ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އަށް ލިބުނު ފުރަތަމަ ކުއްޖާ މާލްތީ މޭރީ ޗޯޕްރާ ޖޯނަސްގެ އިތުރުންވެސް ކުދިން ހޯދަން ވިސްނާކަމަށް ޕްރިޔަންކާ އާއި ނިކް ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދެމުން ޕްރިޔަންކާ އަދި ނިކް ވަނީ، މާލްތީއާ އެކީގައި ބޮޑުވާން އިތުރު ކުދިން ހޯދަން ވިސްނާ ކަމަށް ބުނެފަ އެވެ. އަދި ދެންވެސް ކުއްޖަކު އުފަން ކުރާނީ ސެރޮގެސީ މެދުވެރިކޮށް ކަމަށް އެދެމީހުން ބުނެފައިވެ އެވެ.
އޭގެ އިތުރުން ނިކް ބޭނުންވާ ގޮތުގައި ދަރިން ހޯދަން ބޭނުންވަނީ އެކުދިންގެ އުމުރުގައި ގިނަ އަހަރުތަކެއްގެ ތަފާތު ނެތް ގޮތަށް ކަމަށް އޭނާ ބުނެފައިވެ އެވެ. އެއީ، ހުރިހާ ކުދިންވެސް ގާތް ގުޅުމެއް ބަދަހިކުރަން އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.
ސަރޮގެސީ މެދުވެރިކޮށް ދެ ފަންނާނުން ވެސް ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔާފައިވާއިރު، އެދެމީހުންނަށް ދަރިއަކު ލިބުނުކަން އާންމުންނަށް ހިއްސާކުރީ އެ ދެ ތަރިންގެ އިންސްޓަގްރާމުންނެވެ.
ފަހަކަށް އައިސް ޕްރިޔަންކާ ދަނީ އޭނާގެ ދަރިފުޅުގެ ފޮޓޯ ފޭނުންނަށް ހިއްސާކުރަމުންނެވެ.
ވައިޑް ބޮޑީ އެއާކްރާފްޓުގައި 67،000 ފަސިންޖަރުން އުފުލައިފި
ލީވާންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ތާވަލުކޮށްފި
"މަޝްރޫއުތަކަށް ހާއްސަ ޔުނިޓް ހަދަނީ ސިޔާސީ ވަޒީފާ އިތުރުކުރަން"
