ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓުން އެންތޮލޮޖީ ސީރީޒެއްގެ މަސައްކަތް ފަށައިފި އެވެ.

ޑާކްރެއިން ގެނެސްދޭ އެންމެ ފުރަތަމަ އެންތޮލޮޖީ ސީރީޒް ނަމަކީ "ނޮސްޓަލްޖިއާ" އެވެ.

ޑާކްރެއިން އިން ބުނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ސީރީޒްގެ ޝޫޓިން ކުރިއަށްދާއިރު، މިސީރީޒް އަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒެއް ކަމަށެވެ.

"ނޮސްޓަލްޖިއާ" ގެ ކާސްޓުންގެ ތެރޭގައި ޑާކް ރެއިންގެ ގިނަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ މަރިޔަމް މަޖުދާ (މަޖޫ) އާއި އާދަމް ރިޒްވީ (ރެކްސް) އާއި އަހުމަދު ޝާކިރުގެ އިތުރުން މިހާރު ކުރިއަރަމުން އަންނަ އެކްޓަރު އަހުމަދު ޝާރިފު ފެނިގެންދާނެ އެވެ.

https://www.instagram.com/p/CgT6CB3JRsh/?hl=en

އެންތޮލޮޖީ ފިލްމާއި ސީރީޒްތަކަކީ ރާއްޖެ އަށް ވައްތަރެއް ގެ އުފެއްދުންތަކެއް ނޫނެވެ. މިއީ އެއް އުފެއްދުމަކު ތަފާތު އެކި ވާހަކަތަކެއް، ތަފާތު ސެގްމަންޓްތަކެއްގެ ގޮތުގައި އެކަމަކު އެއް ބައި އަނެއް ބަޔަކާ ގުޅިލިފައިވާ ކަހަލަ ގޮތަކަށް ގެނެސްދޭ ޖޯންރާއެކެވެ.

ޑާކް ރެއިނުން އެންތޮލޮޖީ ސީރީޒެއްގެ މަސައްކަތް ފެށި އިރު، އެ ސްޓޫޑިއޯ އިން ގެނެސްދޭން ހުރި ފިލްމުތަކުގެ ތެރޭގައި "ނޮވެމްބާ" އާއި "ބީވީމާ" އަދި "ބަޅިނދު" ހިމެނެ އެވެ.