ސްޓާ ޕްލަސްއިން މީގެ 14 އަހަރު ކުރިން ދެއްކި އެންމެ މަގުބޫލު ސީރިޒް "ކަހާނީ ގަރް ގަރް ކީ" އަލުން ޓީވީން ދެއްކުމަށް ނިންމައިފި އެވެ.

ދެހާސް ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ސްޓާ ޕްލަސްއިން ދެއްކި "ކަހާނީ ގަރް ގަރް ކީ" އެނބުރި އަލުން ޓީވީން ދެއްކުމަށް ނިންމާފައިވާކަން ހާމަކޮށްފައި ވަނީ އެ ސީރީޒްގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރެވެ.

މި ސީރީޒް އަލުން ސްޓާ ޕްލަސް އިން ދައްކަން ނިންމާފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެންނެވެ. ސާކްޝީ ތަންވާރު ލީޑުން ފެންނަ މި ސީރީޒް ދައްކާނީ ހޯމަ އިން އާދިއްތަ އަށް ކޮންމެ ދުވަހެއްގެ މެންދުރު 3 ޖަހާއިރެވެ.

މި ސީރީޒްގައި ފެނިގެން ގޮސްފައިވާ އެކްޓަރުންނަކީ ސަކްޝީ ޓަންވާރު، ކިރަން ކަރްމާރްކާރު، އަލީ އަސްގަރު، އަނޫޕް ސޯނީ، ޝްވެތާ ކަވާތުރާ، އަދި އަޗިންޓް ކައުރު އެވެ.

https://www.instagram.com/p/CgghJlwK6CF/

ސާދަ އަހަރަށް ފަހު އަލުން މި ސީރީޒް ދައްކަން ނިންމާފައިވާތީ މި ސީރީޒްގައި ފެނިގެން ދިޔަ މުހިއްމު އެކްޓަރު ތިބީ އުފަލުންނެވެ. އެމީހުން ބުނި ގޮތުގައި އެ މީހުންނަށް މަޝްހޫރުކަން ލިބިގެންދިޔައީ މި ސީރީޒްގެ ސަބަބުންނެވެ.

މި ޝޯގެ މަގުބޫލުކަން މިއަދާ ހަމައަށް ވެސް އެއްވެސް ތަފާތެއް ނެތެވެ. މިހާރު ސްޓާ ޕްލަސްއިން މި ސީރީޒްގެ ޕްރޮމޯ ވެސް އަންނަނީ ދައްކަމުންނެވެ.