ފިލްމް ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ އަންހެން ދަރިން ކައިވެނި ކުރަން ބޭނުންވާ ފަރާތެއްގައި ހުންނަށްޖެހޭ ޝަރުތު އޭނާގެ ދަރިފުޅު ޖާންވީ ކަޕޫރު ހާމަކޮށްފި އެވެ.

މިއަދު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާ ކުރާ އާ ފިލްމު "ގުޑް ލަކް ޖެރީ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރޭގައި ޖާންވީ ބުނީ ހަޔާތުގެ ބައިވެރިއަކަށް ޖާންވީ ގެންނަން ބޭނުންވާ މީހަކު އިސްކޮޅުން ދިގުތޯ ބެލުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ބައްޕަ ނުލަބާނެ ކަމަށެވެ. ބައްޕަގެ އިތުރު އެއްވެސް ޝަރުތެއް ނެތް ކަމަށް ވެސް ޖާންވީ ބުންޏެވެ.

"ބައްޕަ ނުބަލާނެ އެހެން ސިފައަކަށް. އަބަދުވެސް ބުނާނެ ތިމަންނަހާ ދިގު މީހަކާއޭ ކައިވެނި ކުރަން ޖެހޭނީ. އަހަރެންގެ ބައްޕަގެ ދިގު މިނަކީ ހަ ފޫޓު އެއް އިންޗި." ޖާންވީ ބުނެފައި ވެއެވެ.

އުމުރުން 25 އަހަރުގެ ޖާންވީގެ އިސްކޮޅުގައި ހުންނަނީ ފަސް ފޫޓް ތިން އިންޗި އެވެ.

ޖާންވީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ބައިވެރިއަކަށް ބޭނުން ވަނީ އޭނާއާ ހެދި ވަރަށް ވަރުން އުޅޭ މީހެއް ކަމަށެވެ. އަދި އެ މީހަކު ވާން ޖެހެނީ ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް އޭނާ އަށް އިސްކަންދޭ މީހަކަށް ކަމަށް ބުންޏެވެ.

ބޯނީ އާއި ސްރީދޭވީގެ ދެން ހުންނަނީ ހުޝީ ކަޕޫރް، 21، އެވެ. ބޯނީގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ދަރިންނަކީ އެކްޓަރު އަރުޖުން ކަޕޫރް، 37، އާއި އަންޝުލާ ކަޕޫރް، 31، އެވެ.

ޖާވީންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ނިތޭޝް ތިވާރީ ޑައިރެކްޓް ކުރާ "ބަވާލް" އިން ވަރުން ދަވަންއާ އެކު ފެނިގެންދާނެ އެވެ.