ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ މަރިޔަމް ޝިފާ ހައްޔަރު ކުރަން އާންމުން ގޮވާލައިފި އެވެ.
ޝިފާ ހައްޔަރުކުރަން އާންމުން ގޮވާލާފައިވަނީ އޭނާ އިތުރު އަންހެނަކާއި އެކުގައި އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ޝޯޝަލްމީޑިއާގައި ދައުރުވި މައްސަލައާ ގުޅިގެންނެވެ. އަދި އޭނާ ހައްޔަރުކުރަން ގޮވާލާފައިވަނީ އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ބައެއް މީހުން ހައްޔަރުކުރަން ފަށާފައިވަނިކޮށެވެ.
އެގޮތުން އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް އެމްޑީ އަލަމްގިރިއާއެކު އެ އަމަލުގައި ބައިވެރިވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ޢަބްދުއްސައްތާރުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ކާނަލް މުޙައްމަދު ނަޝީދު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ދެމީހުންގެ އިތުރުން އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ ވީޑިއޯ އާންމުވި އެހެން ބަޔަކުވެސް ހައްޔަރުކޮށްފައިވެ އެވެ.
އެމީހުން ހައްޔަރުކުރި ފަދައިން އެފަދަ އަމަލު ކުރި އެހެން މީހުންވެސް ހައްޔަރު ކުރަން ޖެހޭކަން ފާހަގަކޮށް އާންމުން ވަނީ ޓިކްޓޮކް ތަރި ޝިފާ ވެސް ހައްޔަރުކުރުމަށް ގޮވާލާފަ އެވެ.
ޝިފާގެ ވީޑިއޯޔައް ޝޯޝަލްމީޑިއާގައި އާންމުވުމާ ގުޅިގެން އޭނާ އެންމެ ފުރަތަމަ ބުނީ އެއީ އޭނާ ބަދުނާމު ކުރުމަށް ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށެވެ. ނަމަވެސް ފަހުން އޭނާ އެއަމަލު ހިންގިކަމަށް އިއުތިރާފުވެފައިވާކަމަށް މައުލޫމާތު ލިބެ އެވެ.
މި މައްސަލައާ ގުޅިގެން ޝިފާގެ ޕާސްޕޯޓު ހިފާއްޓާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.