ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރުގެ އެޕާޓްމަންޓެއް މަޝްހޫރު އެކްޓަރު ރާޖްކުމާރު ރާއޯއަށް ވިއްކާލައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖާންވީގެ ޖޫހޫ އެޕާޓްމަންޓް ރާޖްކުމާރަށް ވިއްކާލީ 44 ކްރޯޑް ރުޕީސްއަށެވެ.

ޖާންވީ ޖޫހީ އެޕާޓްމަންޓް ގެނެފައިވަނީ 2020 ވަނަ އަހަރު އެވެ. އޭރު ޖާންވީ އެ އިމާރާތުގެ 14،15 އަދި 16 ވަނަ ފަންގިފިލާ ގަނެފައިވަނީ 39 ކްރޯޑް ރުޕީސް އަށެވެ.

"ރޫހީ" ގައި ޖާންވީއާ އެކު މަސައްކަތްކުރި ރާޖްކުމާރު ގަތް އެޕާޓްމަންޓް މިހާރު އެ ތަން ވަނީ ރާޖްކުމާރާއި އޭނާގެ އަނބިމީހާގެ ނަމަށް ބަދަލުކޮށްފަ އެވެ.

ރާޖްކުމާރަކީ މުމްބާއީގައި ލަގްޒަރީ އެޕާޓްމަންޓް ގެނެފައިވާއިރު ރަންވީރު ސިންގް ވަނީ 119 ކްރޯޑް ރުފިޔާއަށް އެޕާޓްމަންޓެއް ގަނެފަ އެވެ.

ރާޖްކުމާރް ރާއޯ އެންމެ ފަހުން ފެނިގެން ދިޔައީ "ހިޓް: ދަ ފަސްޓް ކޭސް" އިން ސަންޔާ މަލްހޯތުރާއާ އެކުގަ އެވެ. ޖާންވީ ކަޕޫރާއެކު އޭނާ ވަރަށް އަވަހަށް ފެނިގެންދާނީ "ބީޑް" އާއި "މޮނިކާ- އޯ މައި ޑާލިންގް"ގެ އިތުރުން "މިސްޓަރ އެންޑް މިސިސް މާހީ' އިންނެވެ.