ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމާ ގުޅޭ ހަބަރުތައް ނޫސްތަކުގައި ލިޔުމުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ރުޅިގަދަވެއްޖެ އެވެ.

ރޭ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް އިދިކޮޅުން ނިންމުމުން ހުރިހާ ނޫސްތަކުން އެވާހަކަ ލިޔުމުން އެކަމަށް ރައްދު ދެއްވާ އިކްރާމްވަނީ އެއީ ޚަބަރެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާ ޓުވީޓު ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ އެއީ އަވަސް އަރައިގަނެގެން ބަޔަކު ވާހަކަތަކެއް ދެއްކުން ކަހަލަ ކަމެއް ކަމުގަ އެވެ.

ނަމަވެސް ގިނަ ބަޔަކު ވަނީ އިކްރާމްއަށް ޓުވިޓާގައި ރައްދު ދީފަ އެވެ.

އިކްރާމް މިހެން ވިދާޅުވި ނަމަވެސް އިދިކޮޅު ލީޑަރަށް ރިޔާސީ ޓިކެޓް ދިނުމަށް ނިންމުމަކީ ނޫސްވެރިކަމަށް ބަލާއިރު އެންމެ ހޫނު އެއް ހަބަރެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިއްޒަތް ނުލިބޭކަމަށް ވިދާޅުވެ މީގެ ކުރިންވެސް މެންބަރު އިކުރާމް ޙަސަން ވަނީ ގިނަ ޝަކުވާތަކެއް ކުރައްވާފަ އެވެ. އަދި އިކްރާމްގެ ތަފާތު ފޮޓޯތައް ނޫސްވެރިން ހަބަރުގައި ބޭނުން ނުކުރާތީ އެކަމާ ހިތްހަމަ ނުޖެހިގެން ވެސް އިކްރާމްވަނީ ކުރިން ޓުވީޓު ކޮށްފަ އެވެ.