ހޮނިހިރު ދުވަހުގެ ރޭ މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޒުވާން އަންހެން ކުއްޖާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ނުފޮނުވާކަމަށް ފުލުހުން ބުނެފި އެވެ.

އަނިޔާވެރި ގޮތަކަށް މިދިޔަ ހޮނިހިރު ދުވަހު މަރާލާފައިވަނީ ޏ.ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ސްކޭޓަރު ޝާހިލު އަލީ އެވެ.

މަރުގެ މައްސަލާގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ މި މައްސަލާގައި އިތުރަށް ތަހީގުގު ކުރުމަށް ސިއާއުގެ ޕޯސްޓްމޯޓަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ. ޕޯސްމޯޓަށް ފަހު ކަމަށް ޝިއާއު މަރުވާން ދިމާވި ސީދާ ސަބަބެއް އެނގިގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

ހަމައެހެންމެ ޝިއާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާނެ ގައުމާއި ތާރީހު އަދި ހާމަކުރާނެކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ވަމުންދާކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ކުށުގެ ވެށިން ޝާހިލް ހައްޔަރުކޮށްފައިވާއިރު، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.