ވޮޝިންޓަން (19 އޮގަސްޓް) - ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި، އެޕަލްގެ އުފެއްދުންތައް ހެކްކުރަމުން ދާތީ އެކަމަށް ސަމާލުވުމަށް ކަސްޓަމަރުންނަށް އަންގައިފި އެވެ.
އެޕަލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެކަރުންނަށް އެ ކުންފުނީގެ އައިފޯންތަކާއި އައިޕެޑު އަދި މެކް ހެކް ކުރެވޭފަދަ އުނިކަމެއް އުފެއްދުންތަކުގައި ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެ ކުންފުނިން އިތުރަށް ބުނީ މި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިވަގުތުތަކުގައި އެމަޖެންސީ ސޮފްޓްވެއާ އަޕްޑޭޓްތައް އިންސްޓޯލް ކުރުން މުހިއްމު ކަމަށެވެ.
އެހެން ނަމަވެސް ހެކަރުންނަށް އެ ކުންފުނީގެ އުފެއްދުންތައް ހެކް ކޮށްގެން ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް އެކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.
މިކަން ފާހަގަ ވުމާއެކު އެޕަލްއިން ވަނީ އެމަޖެންސީ ސެކިއުރިޓީ އަޕްޓޭޑްތައް ހަދައި އެ އަޕްޑޭޓްތައް އިންސްޓޯލް ކުރުމަށް އައިފޯން ބޭނުންކުރާ ފަރާތްތަކަށް އަންގާފަ އެވެ. -- އަލް އަރަބިއްޔާ