ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު ވިހައިފި އެވެ.

މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ދޮށީ ދަރިފުޅު ސޯނަމް އާއި އާނަންދު އަހޫޖާއަށް ފިރިހެން ކުއްޖެއް ލިބުނު ވާހަކަ ވާހަކަ ހިއްސާ ކޮށްފައިވަނީ ސޯނަމްގެ އިންސްޓަގްރާމްގައި އެވެ. މިވާހަކަ އިއުލާނު ކުރުމާއެކު ބޮލީވުޑްގައި މަސައްކަތް ކުރާ ފަންނާނުންނާއި ސޯނަމްގެ ސަޕޯޓަރުން އަންނަނީ މަރުހަބާކިޔަމުންނެވެ.

ސޯނަމް އާއި އާނަންދު ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ.

ސޯނަމް ބަނޑުބޮޑުކަން އިއުލާނުކޮށްފައި ވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

https://www.instagram.com/reel/CheoDVVDiI8/?utm_source=ig_embed&ig_rid=cda4311e-1483-4b28-9032-1fc2f8913ea2

ކައިވެނިކުރި ފަހުން ސޯނަމް ފިލްމީ މަސައްކަތްތަކާ ވަރަށް ބޮޑަށް ދުރުވެ، އާންމުކޮށް ދިރިއުޅެމުން އައީ އާނަންދާ އެކީ ލަންޑަންގަ އެވެ.

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2007 ގެ ފިލްމު "ސާވަރިއާ" އިން ރަންބީރް ކަޕޫރާ އެކީ ބޮލީވުޑަށް ނުކުތް ސޯނަމް، 37، އެންމެ ފަހުން ފެނިފައިވާ ފިލްމަކީ ބައްޕަ އަނިލްގެ 2020 ގެ ފިލްމު "އޭކާ ވާސަސް އޭކޭ" ގެ ހާއްސަ ފެނިލުމަކުންނެވެ. ސޯނަމްގެ ފިލްމެއް މަސައްކަތް ނިންމައި އަދި ރިލީޒްނުކޮށް އެބަ އޮތެވެ. އެއީ ޑައިރެކްޓަރު ސުޖޯއި ގޯޝް ޕްރޮޑިއުސްކުރި ކްރައިމް ތުރިލާ "ބްލައިންޑް" އެވެ.