ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އިސްތިއުފާ ދެއްވައިފި އެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އިސްތިއުފާގެ ސިޓީ މަބްރޫކް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވާފައިވާ ކަމަށެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ.
މިވަގުތު އޭނާ ހުންނެވީ ޗުއްޓީގައި އަނބިކަނބަލުންގެ ގައުމު، ތައިލޭންޑްގަ އެވެ.
ކުރިން މަބްރޫކް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ. މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ތަރުޖަމާނުގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ.
މަބްރޫކް ގިނަ ބަޔަކަށް އެނގުނީ ކޮވިޑްގެ ހާލަތުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްކޮށް އުޅުއްވުމުންނެވެ.
މާލޭ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެ
ދެ ދައުވާއެއް ސާބިތުވެ، ސާހިލް 3 އަހަރަށް ޖަލަށް
ވަޒީރުންގެ އަދަދު ވަނީ 15 އަށް މަދުކޮށްފައި: ރައީސް އޮފީސް
