އޭލެވެލް އިމްތިހާނު އެޑެކްސެލް ބަދަލުގައި ކެމްބްރިޖް އިމްތިހާނަށް ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭލެވެލް ކިޔަވާ ދަރިވަރުންނަށް މިހާރު ދެމުންގެންދާ އެޑެކްސެލް އިންޓަނޭޝަނަލް އޭ އެސް އަދި އޭ ލެވެލް އިމްތިހާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަނޭޝަނަލް އޭ އެސް އަދި އޭ ލެވެލް އިމްތިހާން ދިނުމަށް ނިންމާފައިވާ ކަމަށެވެ.
2024 އަހަރު ފެށިގެން ކެމްބްރިޖް ސިލަބަހަށް ކިޔަވައިދޭން ފަށާއިރު 2025 ވަނަ އަހަރުގެ އޭލެވެލް ޓެސްޓް ހަދާނީ ކެމްބްރިޖް އިމްތިހާނު ކަމަށް އެމިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ އެ ބަދަލާ ގުޅިގެން މަތީ ސާނަވީ އަށް ކިޔަވަމުންދާ އަދި މި އަހަރު ގްރޭޑު 11 ގައި ކިޔަވަން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބުންޏެވެ.
ނަމަވެސް މި ބޮޑު ބަދަލު ގެންނަން ނިންމި ސަބަބެއް މިނިސްޓްރީގެ ބަޔާނުގައި ނުބުނެ އެވެ.
ގާނޫނީ ކޯޅުމުގެ ތެރެއިން ބްލޭކްއާއި ރަޔާން ޗުއްޓީގައި!
ލަސްވެގެން ނިދުމުގެ 4 ގަޑިއިރު ކުރިން ކާންވާނެ: ދިރާސާ
ޝަރުއީ ދާއިރާގެ މުވައްޒަފުން މިއަދުވެސް ކަޅު ހެދުމުގައި!
