ރައީސް އޮފީހުގެ އާ ތަރުޖަމާނަކަށް ފޮރިން މިނިސްޓްރީގެ ކުރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހަންމަދު މިއުވާން މިއަދު ހަމަޖައްސައިފި އެވެ.
މިއުވާން ރައީސް އޮފީހުގެ ތަރުޖަމާންގެ މަގާމަށް އައްޔަންކޮށްފައިވާކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މިއުވާން އެ މަގާމަށް ހަމަޖައްސަވާފައިވަނީ، އެ މަގާމުގައި ހުންނެވި މަބްރޫކް އަޒީޒް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑައިރެކްޓަރު ކަމުން މިއުވާން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް އެމަގާމަށް މިހާރުވަނީ އެމްޑީޕީގެ އެކްޓިވިސްޓް ސަފާތު އަހުމަދު ޒާހިރު އައްޔަންކޮށްފަ އެވެ.
މަބްރޫކް ރައީސް އޮފީހުގެ ތަރުޖަމާންގެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައިނުވެ އެވެ. އޭނާ އިސްތިއުފާ ދެއްވިއިރި މިވަގުތު އޭނާ ހުންނެވީ ޗުއްޓީގައި އަނބިކަނބަލުންގެ ގައުމު، ތައިލޭންޑްގަ އެވެ.
އޮރިޖިނަލް ކާސްޓުންނާއެކު "އޯޝަންސް އިލަވަން"ގެ އާ ފިލްމެއް!
ފަތުވާއާ ހިލާފަށް ރައީސް މުއިއްޒުގެ ސޫރަ ޑްރޯން ޝޯގައި ދައްކައިފި
ނިމާލަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި ފަރުވާދެނީ