ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ޔޫޓިއުބަރު ކަމަށްވާ ޖިމީ ޑޮނަލްޑްސަން ނުވަތަ މިސްޓަ ބީސްޓް ރާއްޖެ އަތުވެއްޖެ އެވެ.

ޔޫޓިއުބްގައި އެކަނި ވެސް ޖުމްލަ 103 މިލިއަން ސަބްސްކްރައިބަރުން ތިބި މިސްޓަ ބީސްޓް ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައި އެވެ.

އޭނާ ރާއްޖެ އައިސް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ އެއާ ޓެކްސީއަކަށް އަރަންދާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ވަނީ އާންމުވެފަ އެވެ. އެކަމަކު، އޭނާ ރާއްޖެ އައީ ކޮން ބޭނުމަކު ކަމެއް އަދި ދިޔަ ރިސޯޓެއް ވެސް ސާފެއް ނުވެ އެވެ.

މިސްޓަ ބީސްޓް ރާއްޖެ އައީ އޭނާއާއެކު ވީޑިއޯ އުފެއްދުމަށް މަސައްކަތްކުރާ އޭނާގެ ހާއްސަ ޓީމާއެކުގަ އެވެ.

މިސްޓަ ބީސްޓާއި އޭނާގެ ޓީމުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ޔޫޓިއުބް ވީޑިއޯތައް އުފައްދަ އެވެ. ލަފާކުރެވޭ ގޮތުގައި އޭނާ ރާއްޖެއަށް އައީ ވެސް ވީޑިއޯއެއް ހެދުމަށެވެ.

https://www.youtube.com/watch?v=2isYuQZMbdU&t=3s

މިސްޓަ ބީސްޓް މަޝްހޫރު ވެފައި ވަނީ އާންމުން ބައިވެރިކޮށްގެން ތަފާތު އެކި ކަހަލަ ކަންކަން ބާއްވައި، ވީޑިއޯތައް ހަދާ ޔޫޓިއުބަރެއްގެ ގޮތުގަ އެވެ. މުބާރާތެއް ގޮތެއް ކުރިއަށް ގެންދާ އެ ކޮންޓެސްޓުގައި ވަނަތަކަށް ދާ މީހުންނަށް ފައިސާގެ އިނާމް ވެސް ދެ އެވެ.

އެންމެ ފަހުން އޭނާގެ ފާހަގަކޮށްލެވޭ ވީޑިއޯއަކީ އޭނާގެ 100 މިލިއަން ވަނަ ސަބްސްކްރައިބަރަށް ދިން ހަދިޔާ އެވެ. އޭނާގެ 100 މިލިއަން ވަނަ ސަބްސްކްރައިބަރަށް ހަދިޔާއެއްގެ ގޮތުގައި ވަނީ ރަށެއް ދީފަ އެވެ.