ރާއްޖެއަށް ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފި އެވެ.
މި ތަކެތި އަތުލައިގަތީ ޖޫން މަހުގެ 29 ވަނަ ދުވަހު ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެ ގެނައި ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.
ކަސްޓަމްސް އިން ބުނީ، އެތަކެތި ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނުނު ކަމަށެެވެ. އަދި ކަސްޓަމްސް އިން އެތަކެތި ތަހުލީލު ކުރުމުގައި އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން ކަމަށް ދެނެގަނެވުނު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސްއިން އިތުރަށް ބުނީ، އަތުލައިގަނެވުނު ތަކެތީގެ ބަރުދަނުގައި ޕެކިނާ އެކު 526 ގްރާމް ކުރިކަމަށެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ރުފިޔާއަށް އަރާ ކަަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެނަކު މިހާރު ވަނީ ފުލުހުންގެ ބެެލުމުގެ ދަށުގައި ކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.
ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން މާދަމާ ގޮތް ނިންމާނެ: ޓްރަމްޕް
އީރާނުގެ ފައުޖުގެ ޖާސޫސީ ވެރިޔާ ޝަހީދުކޮށްލައިފި
ސަލްމާ އާއި މުންދު މަގާމުން ވަކިކޮށްފި
