ހުޅުމާލެ ނިރޮޅު މަގުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އެމްޓީސީސީ ބަހަކުން ޖެހި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ނިރޮޅުމަގުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އެމްޓީސީސީގެ ބަހަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 10:07 ހާއިރު ފުލުހުންގެ އިދާރާއަށް ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ލިބުނުކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައެއް ނުވާ ކަމާއި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.

އެ އެކްސިޑެންޓުގައި ކާރަށް ވަރަށް ބޮޑަށް ވަނީ ގެއްލުންވެފަ އެވެ. ބަސް ޖެހި، ކާރުގެ ފަހަތް ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، ބަހުގެ ކުރީކޮޅު ވެސް ވަނީ ހަލާކުވެފަ އެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ސަބަބެއް ސާފެއް ނޫނެވެ. ބެލެވޭ ގޮތުގައި ބަސް ކޮންޓްރޯލު ނުވެގެން ގޮސް ކާރުގައި ޖެހުނީ އެވެ.