ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓްގެ ވެބް ސީރީޒް "ދަ ފޭމް ގޭމް" ގެ ދެވަނަ ސީޒަނެއް ނުގެނެސްދޭ ގޮތަށް ނެޓްފްލިކްސްއިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިއަހަރު ނެޓްފްލިކްސްއިން ސްޓްރީމްކުރި "ދަ ފޭމް ގޭމް" އަކީ މަޝްހޫރު ބަތަލާ މަދޫރީގެ ފުރަތަމަ ވެބް ސިރީޒް އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ޑިޖިޓަލް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިންމަންޓުން ގެނެސްދިން ސީރީޒްގެ ދެވަނަ ބައި ނަހަދަން ނިންމައި، ނެޓްފްލިކްސްގެ ކެޓަލޮގުން ވެސް އެ ނަގާފައިވާ ކަމަށެވެ.

މަދޫރީ އާއި ސަންޖޭ ކަޕޫރް ފެނިގެންދާ "ދަ ފޭމް ގޭމް" ގެ ސީޒަން ދޭ ޝީޓިން މިއަހަރު ފަހުކޮޅު ފަށާ ގޮތަށް ކުރިން އޮތީ ނިންމާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިސީރީޒްގެ ދެ ވަނަ ސީޒަން ނުގެނެސްދޭ ގޮތަށް ނިންމީ ވާހަކައިގައި މާ ބޮޑު ޝައުގުވެރިކަމެއް ނެތުމުންނެވެ.

https://www.youtube.com/watch?v=2EnMuY1g664

"ދަ ފޭމް ގޭމް" ގައި ކިޔައި ދިނީ ކައިވެނިކޮށް ދަރިން ވެސް ތިބި މަޝްހޫރު ބަތަލާއަކު ކުއްލި ގޮތަކަށް ގެއްލުމާ ގުޅިގެން އޭނާ ހޯދަން ކުރާ މަސައްކަތާއި އެކަމުގެ ތެރެއިން ފެންމަތިވާ ސިއްރުތަކެވެ. މީގެ ކާސްޓްގައި މަދޫރީ އާއި ސަންޖޭ އިތުރުން މާނަވް ކޯލް އަދި ސުހާސިނީ މުލޭ ފަދަ ތަރިން ހިމެނެ އެވެ.

އަށް އެޕިސޯޑް ހިމެނޭ "ދަ ފޭމް ގޭމް" ޑައިރެކްޓްކުރީ ބިޖޯއި ނަމްބިއާ އާއި ކަރިޝްމާ ކޯލީ އެވެ.

މަދޫރީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކަލާޒް ޓީވީއިން ގެނެސްދޭ ޑާންސް ރިއަލިޓީ ޝޯ ކަމަށްވާ "ޖަލަކް ދިކްލާ ޖާ 10"

ގެ ޖަޖެއްގެ ގޮތުގައި އެވެ. މިޝޯ ފެށިގެންދާނީ މިރެ އެވެ.