ޓްރިނަމޫލް ކޮންގްރެސް ޕާޓީގެ މެމްބަރެއްގެ ގޮތުގައި އިންޑިއާގެ މަޖިލީހުގެ ޕާލިމަންޓް މެންބަރު އަދި ބަތަލާ ނުސްރަތު ޖަހަން "ބިގް ބޮސް" ސީޒަން 16 ގައި ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ހޯސްޓްކުރާ އިންޑިއާގެ އެންމެ މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 16 ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ފެށުމަށް ނިންމާފައިވާ މިސީޒަންގައި ބައިވެރިވާނެ ފަރާތްތަކާ ބެހޭ ގޮތުން މައުލޫމާތުތައް އަންނަނީ ހާމަވަމުންނެވެ.

އެގޮތުން ބަތަލާ އަދި ޓްރިނަމޫލް ކޮންގްރެސް ޕާޓީގެ މެމްބަރެއްގެ ގޮތުގައި އިންޑިއާގެ މަޖިލީހުގެ ޕާލިމަންޓް މެންބަރުކަންވެސް ކުރަމުން އަންނަ ނުސްރަތުވެސް މިފަހަރުގެ ސީޒަންގައި ބައިވެރިވާނެ ކަމަށް ބެލެވެ އެވެ. މިކަމާއި ގުޅިގެން "ބިގް ބޮސް" އުފައްދާ ޓީމާއެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ނުސްރަތު "ބިގް ބޮސް" ސީޒަން 16 ބައިވެރިވަމުން ހަފްތާއަކަށް 16 ލައްކަ ރުފިޔާ ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

https://www.instagram.com/p/Ce6EyE-PMoO/?hl=en

ނުސްރަތު އާއި އޭނާގެ ފިރިމީހާ ވިޔަފާރިވެރިޔާ ނިކިލް ޖެއިންއާއެކު 2019 ވަނަ އަހަރު ވަނީ ޗުއްޓީއަށް ރާއްޖެ އައިސްފަ އެވެ.

ނުސްރަތު އެންމެ ފުރަތަމަ ނުކުތީ މޮޑެލިންގެ ދާއިރާއަށެވެ. އެއަށްފަހު ފިލްމީދާއިރާއަށް ޝައުގުވެރިކަން އުފެދި އެންމެ ފުރަތަމަ ފިލްމީދާއިރާއަށް ނުކުތީ 2011 ވަނަ އަހަރެވެ.