ރާއްޖޭގެ އެންމެ މަޝްހޫރު މޮޑެލް ކައިޒީން ޓިކްޓޮކާ ގުޅުނުތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އިރު މިހާތަނަށް އާންމުންނާ ހިއްސާ ކޮށްފައިވީ އެންމެ ދެ ވީޑިއޯ އެވެ.

އެ ދެ ވީޑިއޯ އަކީ ވެސް އެނިމަލް ޕްރިންޓް ޖެހި ޖަމްޕްސޫޓެއް ލައިގެން ހުރެ ކުޅެފައިވާ ޓިކްޓޮކް ވީޑިއޯ ތަކެކެވެ.

މި ވީޑިއޯތަކަށް އާންމުންގެ ހިޔާލު އެކި ގޮތަށް އައި ނަމަވެސް ކައިގެ އާ ޓިކްޓޮކެއް ބަލާލަން ބޭނުންވެފައި ތިބި މީހުންގެ އަދަދު ގިނަ އެވެ. އެމީހުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ.

މިއަދު ކައި މިވަނީ އޭނާގެ ޓިކްޓޮކަށް އާ ވީޑިއޯ އެއް ދޫކޮށްލާފަ އެވެ. މި ވީޑިއޯގައި ފެންނަނީ ކަޅު ކުލައިގެ ހެދުމެއް ލައިގެން، ކަޅު ކުލައިގެ ބޫޓަކަށް އަރައިގެން، ކަޅު ކުލައިގެ ދަބަހެއް ހިފައިގެން ނިކަން ފަރިކޮށް ހިނގާލާފައި ދާ މަންޒަރެވެ.

ކައިޒީން ޓިކްޓޮކާއި ގުޅިފައިވަނީ ޓިކްޓޮކްގެ ސައުތު އޭޝިއަން ޓީމުން ދިން ދައުވަތަކާ ގުޅިގެން ކަމަށް އޭނާ ބުނެފައިވެ އެވެ.

މިފަހަރުގެ ވީޑިއޯ ވެސް ބަލާލައްޗެވެ. ވަރަށް ހިތްގައިމުވާނެ އެވެ.