މަޝްހޫރު އެޕަލް ކުންފުނީގެ އާ އައިފޯން ސީރީޒް، އައިފޯން 14 ދައްކާލައިފި އެވެ.

މިކަމަށްޓަކައި އެޕަލް ފާ އައުޓްގެ ނަމުގައި މިރޭ ބޭއްވި އިވެންޓުގައި އެޕަލްއިން ވަނީ އައިފޯން 14 ސީރީޒްގެ އައިފޯން 14، އައިފޯން 14 ޕްލަސްގެ އިތުރުން އެޕަލް ވޮޗް އަލްރާ އަދި އައިޕޮޑްސް ޕްރޯ ވެސް ވަނީ ދައްކާލާފަ އެވެ.

މި އިވެންޓުގައި އެޕަލްއިން ހާމަކުރި އެހެން ކަންކަމުގެ ތެރޭގައި އައިފޯން 14ގެ ފޯނުތަކުގައި އެކުލެވޭ ފީޗާތައް ވެސް ހިމެނެ އެވެ. މީގެ ކުރީގެ އައިފޯނުތަކާ އަޅާބަލާއިރު ތަފާތު ފީޗާތަކެއް އެ ފޯނުތަކުގައި ހުންނާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އެޕަލް އިން މިރޭ ނެރުނު އާ އެޕަލް ވޮޗް ސީރީޒް 8 ގެ ގަޑިތަކެއް ދައްކާލަނީ.

އަލަށް ދައްކާލި އައިފޯން 14ގެ އަގު 799 އެމެރިކާ ޑޮލަރުން ފެށޭއިރު އައިފޯން 14 ޕްލަސްގެ އަގު އުޅެނީ 999 އެމެރިކާ ޑޮލަރުން މަތީގަ އެވެ.

އެޕަލް އިން މިރޭ ނެރުނު އާ އައިފޯން ސީރީޒް، އައިފޯން 14 ގެ ފޯނުތައް ދައްކާލަނީ.

އެގޮތުން ބަލާއިރު އެންމެ ފާހަގަ ކޮށްލެވޭ އެއް ފީޗާއަކީ އެމަޖެންސީތަކުގައި ސެޓެލައިޓާ ކަނެކްޓް ކުރުމުގެ ގާބިލުކަން މި ފޯނުތަކަށް ލިބިގެންވުމެވެ. މިއީ އައިފޯން 14ގައި އެކުލެވޭނެ ކަމަށް ގިނަ ބަޔަކު ހީކުރި ފީޗާ އެކެވެ.

އެޕަލް އިން މިރޭ ނެރުނު އާ އައިފޯން ސީރީޒް، އައިފޯން 14 ގެ ފޯނުގެ އަގުތައް.

އެމަޖެންސީ ސެޓެލައިޓުގެ ހިދުމަތް ނޮވެމްބަރު މަހު ފެށޭއިރު އައިފޯން 14އާއެކު ފުރަތަމަ ދެ އަހަރު ދުވަހަށް މި ހިދުމަތް ހިލޭ ލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އެއާއެކު އައިފޯން 14ގެ ފޯނުތަކުގައި ސިމް ކާޑެއް ލައްވަން ނުޖެހޭނެ ކަމަށާއި އެފޯނުތަކުގައި ބޭނުން ކުރާނީ އެއް ނަމްބަރަށް ވުރެ ގިނަ ނަމްބަރަށް ސަޕޯޓްކުރާ އީ-ސިމްއެއް ކަމަށް ވެސް އެޕަލްއިން ބުނެފައިވެ އެވެ.

އެޕަލް އިން މިރޭ ނެރުނު އާ އައިފޯން ސީރީޒް، އައިފޯން 14 ގެ ފޯނު އާއި އެޕަލް ވޮޗް ސީރީޒް 8 އަދި އެއާޕޮޑް ޕްރޯ.

މީގެ އިތުރުން ވެސް ބެޓެރި ލައިފް ދިގުވުމާއި ޑިސްޕްލޭ ރަނގަޅު ވުމުގެ އިތުރުން މެގަޗާޖަރު ތަކުން ޗާޖު ކުރެވުން ވެސް އެއީ އައިފޯން 14ގެ ފީޗާ ތަކެކެވެ.

އެޕަލް އިން މިރޭ ނެރުނު އާ އެއާޕޮޑް ޕްރޯ ސެކަންޑް ޖެނެރޭޝަން.

މި އިވެންޓަކީ ޓެކްނޮލޮޖީ ދާއިރާގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ އިވެންޓެކެވެ.