މުސްކުޅިވުމަކީ ގުދުރަތީ ކަމެއް ނަމަވެސް، ޖެނެޓިކްސްގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅިއާއި ތިމާވެށީގެ އަސަރުތަކުގެ ސަބަބުން ބައެއް މީހުންގެ އަސްލު އުމުރަށްވުރެ މާ އަވަހަށް ހަންގަނޑުގައި ރޫޖެހުމާއި، ކުލަ ބަދަލުވުމާއި، ހަންގަނޑު އެލުން ފަދަ އަލާމާތްތައް ފެނެ އެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ "ޑިއޯސާ ހެލްތުކެއާ"ގެ ސީއީއޯ، ފައުންޑަރު އަދި ޑިރެކްޓަރު ޑރ. މަދޫ ގޯޔަލް ވަނީ ހަންގަނޑުގެ ސިއްޙަތަށް ނޭދެވޭ އަސަރުކުރާ ދިރިއުޅުމުގެ މައިގަނޑު އާދަތައް ފާހަގަ ކުރައްވާފަ އެވެ.
ނިދި މަދުވުން
ރޭގަނޑު އެއް ގަޑިއެއްގައި ނިދައި، 7 އާއި 9 ގަޑިއިރާ ދެމެދު ނިދުމަކީ ހަންގަނޑު އަލުން އާރާސްތުވުމަށް މުހިންމު ކަމެކެވެ. ނިދި މަދުވުމުން ލޯ ދުޅަވެ، ލޯ ކައިރި އަނދިރިވެ، މޫނުމަތިން ވަރުބަލިކަން ފެނެ އެވެ.
ރައްކާތެރިކަމެއް ނެތި އަވީގައި އުޅުން
އިރުގެ ޔޫވީ ދޯދިތަކުން ހަންގަނޑުގެ ކޮލަޖެން އާއި އިލާސްޓިން އަށް ގެއްލުންދީ "ފޮޓޯއޭޖިންގް" މެދުވެރި ކުރުވަ އެވެ. މީގެ ސަބަބުން ރޫޖެހި ލަކުނު ލާތީ، އެސްޕީއެފް 30+ ސަންސްކްރީން ބޭނުން ކުރުމާއި އަވިން ރައްކާތެރިވުން މުހިންމެވެ.
ކެއުމުގެ އާދަތައް
ޕްރޮސެސް ކޮށްފައިވާ ކާނާއާއި ހަކުރު ގިނަ ކާނާގެ ސަބަބުން ކޮލަޖެންއަށް ގެއްލުންވެ އެވެ. އޭގެ ބަދަލުގައި އެންޓި އޮކްސިޑެންޓްސް، ވިޓަމިންސް އަދި ޕްރޮޓީން އެކުލެވޭ ތަރުކާރީއާއި މޭވާ ކެއުމާއެކު ގިނައިން ފެން ބުއިން މުހިންމެވެ.
ދާއިމީ ސްޓްރެސް
ސްޓްރެސް ގިނަވުމުން ހަށިގަނޑުގައި ކޯޓިސޯލް ލެވަލް މަތިވެ، ބިހި ނެގުމާއި ހަންގަނޑު ނާޒުކުވުން ފަދަ ކަންކަން ދިމާވެ އެވެ. ކަސްރަތާއި މެޑިޓޭޝަން އަކީ މިކަމަށް އޮތް ރަނގަޅު ހައްލެކެވެ.
ހަންގަނޑު ބެލެހެއްޓުމުގައި ފަރުވާކުޑަ ކުރުން
ގަވާއިދުން މައިލްޑް ކްލީންސާ، މޮއިސްޗަރައިޒާ އަދި ސަންސްކްރީން ބޭނުން ނުކުރާނަމަ ހަންގަނޑު ހިކި ހަލާކުވެ އެވެ. ޑޮކްޓަރެއްގެ ލަފާގެ މަތިން ވިޓަމިން ސީ، ރެޓިނޮއިޑްސް، ނިއަސިނަމައިޑް ނުވަތަ ހަޔަލުރޮނިކް އެސިޑް ބޭނުން ކުރެވިދާނެ އެވެ.
އަންނަ އަހަރު ބަޖެޓުން ފައިސާ ލިބޭނީ ޕީއެންސީއާއި އެމްޑީޕީއަށް
"ޓޯއި ސްޓޯރީ"އަށް ލަވައެއް ލިޔުމުގެ ތަޖުރިބާ ޓޭލާ ހިއްސާ ކޮށްފި
އެމެރިކާގެ އެފްބީއައި އަށް ނުރައްކާތެރި ސައިބާ ހަމަލާތަކެއް ދީފި