މިއަދު މެންދުރު މާލޭގައި ތިން ފުލުހަކަށް ހަމަލާދިން ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންނަށް މިއަދު ހެނދުނު 11:50 ހާއިރު ހަމަލާ ދިނީ މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރް ކުރިމަތިންނެވެ.
ފުލުހުންނަށް ހަމަލާދިން ދެ މީހުން ވަނީ ފިލަން މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް މަގުމަތި ބަލަހައްޓަމުންދިޔަ އިތުރު ފުލުހުންނާއެކު އެ ދެމީހުން ވަނީ ހައްޔަރު ކޮށްފަ އެވެ.
އަނިޔާވި ފުލުހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. ތިން ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ
ފުލުހުންނަށް ހަމަލާދިން ކަމަށް ބުނާ ބަޔަކު ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯ ތަކެއް ސޯޝަލްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ
ޓްރީޓޮޕް އިން ނަރުހުން ތަމްރީނުކުރަން 4 ސްކޮލަޝިޕް ފުރުސަތު ދީފި
މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު
ރުޅިއަކީ ޖިސްމާނީ ސިއްހަތަށް ވެސް ނުރައްކަލެއް!