ކަލާޒް ޓީވީއިން ގެނެސްދޭ އިންޑިއާގެ އެންމެ މަޝްހޫރު އެއް ރިއަލިޓީ ޝޯ "ބިގް ބޮސް" 16 ވަނަ ސީޒަންގެ ޓްރެއިލާ ދައްކާލައިފި އެވެ.

ކަލާސް ޓީވީގެ އިންސްޓަގުރާމް އެކައުންޓުން ހިއްސާ ކޮށްފައިވާ މި ޓްރެއިލާގައި ފެންނަނީ ހަލާކުވެފައިވާ ބޮޑު ގެއެއްގެ ތެރޭގައި ޝޯ ހުށަހަޅައިދޭ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ހުންނަ ތަނެވެ. އަދި ޓްރެއިލާ ފެށިގެން އަންނަ އިރު، އެ ގޭ ތެރޭގައި އިންނަ ލޯގަނޑަކުން "ބިގް ބޮސް" ގެ އެކި ސީޒަންތަކުގެ ބައެއް ބައިވެރިން ވެސް ފެނިގެންދެ އެވެ.

މިޓްރެއިލާގައި ސަލްމާން ޚާން ބުނެފައިވަނީ މީގެ ކުރީގެ ޝޯތަކުގައި ގޭމެއް ކުޅުނީ ބިގްބޮސްގެ ބައިވެރިން ކަމަށާއި މިފަހަރުގެ ޝީޒަންގައި ގޭމް ކުޅޭނީ ބިގްބޮސް ކަމަށެވެ.

https://www.instagram.com/p/CiX282aqcVR/

މި ޓްރެއިލާއާއި އެކު ބިގްބޮސްގެ ސަޕޯޓަރުން ތިބީ ކުރިއަށް އޮތް ސީޒަންގައި އަންނާނެ ބަދަލުތަކާއި ޝޯ ބަލައިލުމަށް ކެތް މަދުވެފަ އެވެ. އަދި މި ފަހަރުގެ ސީޒަންގައި ބައިވެރިވާ ފަންނާނުންނާއި ބިގްބޮސް 16 އިގެ ތީމް އަދި މި ސީޒަންގައި އަންނަ ބޮޑު ބަދަލަކީ ކޮބައިކަން ހާމަކޮށްފައެއް ނުވެ އެވެ.

https://www.instagram.com/p/Cib2uMxqZYM/

އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށުމަށް ތާވަލު ކުރެވިފައިވާ މި ސީޒަންގައި ބައިވެރިވާ ބައެއް ފަންނާނުންގެ ނަންތައް ވަނީ މީޑިއާގައި އާންމުވެފަ އެވެ.

މިގޮތުން މި ޝޯގައި ގުރްނާމް ބުއްލަރު، ސަނާޔާ އިރާނީ، ޓީނާ ދައްތާ، ޕޫނަމް ޕާންޑޭ، ޖަންނަތު ޒުބައިރް، މުންމުން ދައްތާ، ވިވިއާނާ ސެން، ޝިވިން ނަރަންގް، މުނައްވަރު ފާރޫގީ، ފައިސަލް ޝެއިޚް، ކަނީކާ މަން ފަދަ ފަންނާނުން ހިމެނެ އެވެ.

އެހެންނަމަވެސް ކަލާޒް ޓީވީއިން ބިގް ބޮސް 16 ގެ ބައިވެރިންނާއި ތީމް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.