އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު 3 މަހާއި 26 ދުވަހަށް ގޭ ބަންދު ކުރަން ހުކުމް ކޮށްފިއެވެ.

ނާޒިމް ސައްތާރުގެ މައްޗަށް ދައުވާކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 411 ވަނަ މާއްދާގެ (ހ)ގެ ދެވަނަ އަކުރާ ހަވާލާދީ އެ މާއްދާގެ (ށ)ގެ 1 ވަނަ ނަންބަރުގެ ދަށުން އެއް ޖިންސުން ޖިންސީ ގުޅުންހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށަކީ ގާނޫނުލް އުގޫބާތުގައި ޖުނަޙުގެ 5 ވަނަ ދަރަޖައިގެ ކުށެއް ކަމުގައިވާއިރު، އެ ކުށުގެ އަސާސީ އަދަބީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ކްރިމިނަލް ކޯޓުން ނާޒިމަށް ލުއި އަދަބެއް ދިނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމާއި ކުށަށް އިއުތިރާފްވެ ތައުބާވެފައިވާތީ އެވެ. އެގޮތުން އިއްވީ އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ޖަލު ހުކުމް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދުމާ ގުޅިގެން ކޯޓުން ނިންމީ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށެވެ.

ހުކުމުގެ ކުޑަވަގުތުކޮޅެއް ކުރިމް ނާޒިމް ވަނީ ބަޔާނެއް ނެރެފަ އެވެ. އެބަޔާނުގައި އޭނާވަނީ އެއްޖިންސުން ގުޅުން ހިނގުމުން ތައުބާވެ މައާފަށް އެދިފަ އެވެ.

ނާޒިމާއެކު އެއްޖިންސުން ގުޅުންހިންގި އެމްޑީ އަލަމްގިރުގެ މައްޗަށް ނާޒިމުގެ މައްޗަށް ދައުވާކުރި މާއްދާގެ އެހެން އަކުރަކުން ދައުވާކުރުމުން އޭނާ ކުށަށް އިއުތިރާފުވުމާ ގުޅިގެން އޭނާގެ މައްޗަށް އިއްވާފައިވަނީ 7 މަސްދުވަހުގެ ޖަލު ހުކުމެކެވެ.

ތަފްސީލް އަންނަނީ...