ބޮލީވުޑް މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓްގެ ކުރިއަށް އޮތް ފިލްމު "މަޖާ މާ" ގެ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

އަންނަ މަހުގެ 6 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމާފައިވާ

މި ފިލްމަކީ ސުމިތު ބަތޭޖާގެ ސްކްރީންޕްލޭއަކަށް އާނަންދު ތިވާރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މިހާރު ބެލުންތެރިނާ ހަމައަށް ދޫކޮށްލާފައިވާ ލަވައަކީ މިފިލްމުގައި ހިމެނޭ ވަރަށް ފޯރިގަދަ ލަވައެކެވެ.

"ބޫމް ޕަޑީ"ގެ ނަމުގައި އުފައްދާފައިވާ މިލަވަ ބެލުންތެރިންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މިލަވަ ކިޔައިދީފައިވަނީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިންކަމަށްވާ ޝްރޭޔާ ގޯސްލް އާއި އުސްމާން މީރު އެވެ.

https://www.youtube.com/watch?v=At6b1oLpgII

މިފިލްމުގައި މަދޫރީގެ އިތުރުން ދެން ފެނިގެންދާނީ ގަޖްރާޖް ރާއޯ، ރިތުވިކް ބޯމިކް، ބަރްކާ ސިންގް، ސުރިޝްތީ ސްރިވަސްތާވް، ޝީބާ ޗައްޑާ، ރަޖިތު ކަޕޫރް އަދި ސިމޯން ސިންގް އެވެ.

"މަޖާ މާ" ގައި ދައްކާނީ ފިރިހެން ދަރިއެއްގެ ކައިވެންޏަށް މަންމަޔަކު ވަމުން އައި ތައްޔާރީތަކާއި އެކަމާ ގުޅިގެން ހިނގާ ކަންތައްތަކެވެ.

އަމްރިތްޕާލް ސިންގް ބިންދްރާ ޕްރޮޑިއުސްކުރާ މި ފިލްމަކީ ޕްރައިމް އިން ދެއްކި ކާމިޔާބު ރޮމޭންޓިކް ޑްރާމާ ސީރީޒް "ބޭންޑިޝް ބޭންޑިތް" އަށްފަހު ޕްރައިމް ވީޑިއޯއާއިއެކު ސިންގް މަސައްކަތްކުރާ ދެވަނަ ފަހަރެވެ.

މަދޫރީ އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސް މި އަހަރުގެ ކުރީކޮޅު ޕްރީމިއާކުރި ވެބް ސީރީޒް "ދަ ފޭމް ގޭމް" އިންނެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނަށްފަހު ދެ ވަނަ ސީޒަން ނުހަދާން ނެޓްފްލިކްސް އިން މިހާރު ވަނީ ނިންމާފަ އެވެ.