ރާއްޖޭގެ ސިޔާސީ ބޮޑުންނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއި އޮފީސްތަކުގެ ވެރިންނާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފެއް ވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލައިފި އެވެ. ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ އޭނާގެ މައްޗަށް 40 ދައުވާއެއް އުފުލާފައިވާ ކަމަށެވެ.

އަލަމްގިރްގެ މައްޗަށް، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއެއް ކުރުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ.

ލަމްގީރު ހައްޔަރުކުރީ ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކަކާ ގުޅިގެންނެވެ. އެ ވީޑިއޯތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއު ހިމެނެއެވެ. މި މީހުންނަށް ދައުވާ ކޮށްފައިވާ އިރު އަލަމްގީރާއި ނާޒިމް ކުށަށް އިއުތިރާފް ވުމުން މިހާރު ވަނީ ހުކުމްކޮށްފަ އެވެ.