"ޑޮން 3" އަކީ ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ސީކުއަލް އެވެ.

މި ފިލްމުގެ ފުރަތަމަ ދެ ބައި ވެސް ހިޓްވެފައިވާއިރު، ސްޓައިލިޝް ކްރިމިނަލްއެއްގެ ރޯލުން ފެނުނު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހުރުކް ޚާނަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.

ޝާހުރުކް ވަނީ ފަރުހާން އަޚްތަރު ޑައިރެކްޓްކުރި 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން 2" ގައި މަސައްކަތް ކޮށްފަ އެވެ. އަދި މީގެ ތިން ބައިގެ ވާހަކަ ދެކެވޭތާ މިހާރު އެތައް ދުވަހެކެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ތިން ވަނަ ބަޔަކަށް އަދި މިހާތަނަށް އައިރު ޝާހްރުކް އެއްބަސްވެފައެއް ނުވެ އެވެ.

ޝާހްރުކް ކުޅުނު "ޑޮން" އަކީ އަމީތާބް ބައްޗަން ކުޅުނު 1978 ގެ "ޑޮން" ގެ ރިމޭކެކެވެ.

https://www.instagram.com/p/Ch9PVn3LlNZ/

ރިޕޯޓްތައް މިހާރު ބުނާ ގޮތުން "ޑޮން 3" ގެ ސްކްރީންޕްލޭ ފަރުހާން ލިޔަމުން އަންނަނީ ތިން ޑޮން ހިމެނޭ ގޮތަށެވެ. އެގޮތުން ތިން ވަނަ ބަޔަށް ޝާހްރުކާއި އަމީތާބްގެ އިތުރުން ރަންވީރު ސިންގް ގެންނާނެ އެވެ. އަދި އެ މީހުންނަށް މީގެ ވާހަކަ ވެސް ނެރޭޓްކޮށް ދީފައިވެ އެވެ. އެކަމަކު އެއްވެސް ތަރިއަކު އަދި ފިލްމަށް ރުހުންދިން ކަމެއް ކަށަވަރެއް ނުވެ އެވެ.

https://www.instagram.com/p/CB-AuH5FQ5P/

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ޑޮން 3" ގެ މައިގަނޑު ދެ ޑޮން އަކީ ޝާހްރުކާއި އަމީތާބެވެ. އަދި ރަންވީރު ޑޮންގެ ގޮތުގައި ފެންނާނީ އެކްސްޓެންޑެޑް ކެމިއޯއަކުންނެވެ.

އެ ނޫހުން ބުނި ގޮތުގައި ރަންވީރުގެ ޑޮން ކެރެކްޓާ ހާއްސަ ފެނިލުމެއްގެ ގޮތުގައި ހިމެނިޔަސް އެ ކެރެކްޓާ ފައްކާކުރާނީ "ޑޮން" ގެ ވާހަކަ އިތުރަށް ކިޔައިދެވޭ ގޮތަށެވެ.

https://www.instagram.com/p/Cdc6lTuBuK5/

މިފަދަ ބޮޑު ބަދަލުތަކަކާ އެކީ "ޑޮން 3" ހަދަން ފަރުހާން ޕްލޭންކުރަމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދި އޭނަގެ އެއްވެސް ބަހެއް ނެތެވެ.

https://www.instagram.com/p/CglaHAfBJnp/

“ޑޮން 3 އަކީ ހުރިހާ ޒަމާނެއްގައިވެސް އެންމެ އިންތިޒާރު ކުރެވުނު އެއް ފިލްމު ކަމަށާއި ޝާހްރުކް ޚާންއާ އަމީތާބް ބައްޗަން އާއި ރަންވީރު ސިންގް ބައިވެރިވި ނަމަ، އޭރުން އެ ފިލްމު ވެސް ބޮޑު ކާމިޔާބީއެއް ލިބިގެންދާނެ އެވެ.