ބެއިޖިން (25 ސެޕްޓެމްބަރު) އަވަހާރަކޮށްލާފައިވާ ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާއަށް 12 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.

އަންނަ އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އަބޭގެ ރަސްމީ ޖަނާޒާގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު މި ޖަނާޒާގެ ކަންކަން އިންތިޒާމު ކުރުމަށްޓަކައި އެގައުުމުގެ ސަރުކާރުން ވަނީ ބޮޑު ބަޖެޓެއް ކަނޑައަޅާފަ އެވެ.

މިއީ މިފަހުން ބޭއްވި އިނގިރޭސި ރާނީގެ ޖަނާޒާއަށް ވުރެ ވެސް އަގުބޮޑު ޖަނާޒާއަކަށް ވެގެންދާއިރު މިކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އެގޮތުން އަބޭއަށް ދައުލަތުގެ ފެންވަރުގެ ޖަނާޒާއެއް ބޭއްވުމަށް ދެކޮޅު ހަދައި އެގައުމުގެ ރައްޔިތުންތަކެއް ވަނީ މަގުމައްޗަށް ނުކުމެ މުޒާހަރާ ވެސް ކޮށްފަ އެވެ. މި މުޒާހަރާތަކުގެ ތެރެއިން މީހަކު އޭނާގެ އަމިއްލަ ގައިގައި ރޯކޮށްލާފައިވެސްވެ އެވެ.

އަބޭގެ ޖަނާޒާ އަންގާރަ ދުވަހު އޮންނައިރު ޖަނާޒާއަށްޓަކައި ބެއިޖިންގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ.

މިދިޔަ ޖުލައި މަހު އަބޭ އަވަހާރަ ކޮށްލާފައިވަނީ ސިޔާސީ އެއްވުމެއްގެ ތެރެއިން ސްޓޭޖް މަތީގައި ހުއްޓަ އެވެ. އޭނާގެ ގަޔަށް ބަޑި ޖަަހާފައިވަނީ އަމިއްލައަށް ހަތިޔާރު ތައްޔާރުކުރި މީހެކެވެ. -- އަލް އަރަބިއްޔާ