ބޮލީވުޑްގެ މަޝްހޫރު މެގަސްޓާ އަމީތާބު ބައްޗަންއާއެކު ފިލްމެއް ކުޅެން ފުރުސަތު ލިބޭނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށް ސައުތު އިންޑިއާގެ މަޝްހޫރު ތަރި ރަޝްމިކާ މަންޑަނާ ބުނެފި އެވެ.

ރަޝްމިކާ ދަނީ ބޮލީވުޑްގައި އޭނާ ކުޅޭ ފުރަތަމަ ފުލްމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަޝްމިކާ ފުރަތަމަ ފަހަރަށް ބޮލީވުޑުން ފެނިގެންދާނީ ފިލްމު "ގުޑްބާއީ" އިންނެވެ. ހަމައެހެންމެ އެ ފިލްމުގައި އަމީތާބު ފަދަ މަޝްހޫރު އެކްޓަރަކާއެކު މަސައްކަތް ކުރުމާއި ގުޅިގެން ރަޝްމިކާ ވަނީ އޭނާގެ ހިޔާލު ފާޅުކޮށްފަ އެވެ.

ރަޝްމިކާ އޭނާގެ އިންސްޓަގްރާމުގައި އަމީތާބާއެކު ނަގާފައިވާ ފޮޓޯއެއް އާންމުކުރަމުން ބުނީ، އަމީތާބާއެކު ފިލްމެއް ކުޅެން ފުރުސަތު ލިބުމަކީ އޭނާ ވަރަށް ބޮޑަށް އެކަމާއި އުފާ ފާޅުކުރާކަމެއް ކަމަށެވެ. ހަމައެހެންމެ އެކީގައި އެކި ޕްލެޓްފޯމްތަކުން ފިލްމު ޕްރޮމޯޓު ކުރުމާއި، އަމީތާބާ އެކީގައި ފޮޓޯނެގޭނެކަން ވިސްނާފައި އެކަނިވެސް އޭނާގެ އުފާވެރިކަން އިތުރުވެގެންދާ ކަމަށް ރަޝްމިކާ ބުނެފައިވެ އެވެ.

ރަޝްމިކާ އާއި އަމީތާބު އެކީގައި ފެނިގެންދާ "ގުޑްބާއި" ފިލްމަކީ، އާއިލާގެ މުހިންމުކަން ދައްކުވައިދޭ ފިލްމެކެވެ. މިއީ ވިކާސް ބަހްލް ޑައިރެކްޓުކޮށްގެން ގެނެސްދޭ ފިލްމެކެވެ. އަދި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.