ޑެންގީ ހުން ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ޒުވާނަކު މަރުވެއްޖެ އެވެ.

މިއީ ފާތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޑެންގީ ހުން ޖެހިގެން މަރުވި ދެ ވަނަ މީހާ އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ އއ. ތޮއްޑޫ، ރަންމުތް، އުމުރުން 19 އަހަރުގެ އާދަމް ވިޔާމެވެ.

ޑެންގީގައި ހާލު ސީރިއަސްވުމުން މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އޭނާ އަށް ފަރުވާ ދީފައި ވަނީ ވެސް އައިސީޔޫގަ އެވެ.

ވިޔާމްގެ ކަށުނަމާދު ބާއްވަން ހަމަޖައްސާފައި ވަނީ އަސްރު ނަމާދަށް ފަހު އެވެ.

ޑެންގީ ހުމުގައި ޒުވާނަކު ނިޔާވިއިރު، އެ ބަލީގައި އިއްޔެ އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް ވަނީ ނިޔާވެފަ އެވެ.