ޗޮކްލެޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު އެއް ކެއުމެވެ. ނަމަވެސް، ޗޮކްލެޓް އެތިކޮޅެއް ކާލުމުން ސިކުނޑިއަށް އުފާވެރިކަމާއި ހަމަޖެހުން އިހުސާސްވަނީ ކީއްވެގެން ކަމާމެދު އެއްވެސް ވަރަކަށް ވިސްނާލެވުނު ހެއްޔެވެ؟
ސައިންސްވެރިން ބުނާ ގޮތުގައި މިއީ ހަމައެކަނި އޭގެ މީރު ރަހައިގެ ސަބަބުން ވާކަމެއް ނޫނެވެ. މީގެ ފަހަތުގައި ހާއްސަ ސައިންސްގެ ސަބަބުތަކެއް އެބަހުއްޓެވެ.
ޗޮކްލެޓްގައި އެނަންޑަމައިޑް ކިޔާ ކެމިކަލް މާއްދާއެއް އެކުލެވިގެންވެ އެވެ. މިއީ ސިކުނޑީގައި އުފާވެރިކަމާއި އަރާމު އިހުސާސްކޮށްދޭ ނިއުރޯ ޓްރާންސްމީޓަރުތައް އުފެއްދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
މީގެ އިތުރުން، އޭގައި ހިމެނޭ ފީނައިލްއީތައިލަމައިންއަކީ އިންސާނާ ލޯބިވުމުން ނުވަތަ އުފާވާ ވަގުތުތަކުގައި ސިކުނޑިން އުފައްދާ ކީމިކަލްއާ އެއްގޮތް މާއްދާ އެކެވެ. މީގެ ސަބަބުން އިންސާނާގެ މޫޑު ރަނގަޅުވެ، އުފާވެރިކަން އިހުސާސް ކޮށްދެ އެވެ.
ހަމައެހެންމެ، ޗޮކްލެޓްގައި ހިމެނޭ ކެފެއިން އަދި ތިއޯބްރޯމިންގެ ސަބަބުން ހަކަތަ އިތުރުވެ، ސިކުނޑީގެ މަސައްކަތްތައް އަވަސްވެ ހޭލުންތެރިކަން އިތުރުވެގެންދެ އެވެ.
މީގެ އިތުރުން، ޗޮކްލެޓް އަނގައަށް ލުމުން ވިރޭ މިންވަރާއި އޭގެ އޮމާންކަމުގެ ސަބަބުން ސިކުނޑީގެ "ރިވާޑް ސެންޓާ"އަށް ނަފްސާނީ ގޮތުން ބޮޑު ހަމަޖެހުމެއް ފޯރުކޮށްދެ އެވެ.
ޞިއްޙީ މާހިރުން އިރުޝާދު ދެއްވަނީ، މިންވަރަށްވުރެ ގިނައިން ހަކުރު ހުންނަ ކިރު-ޗޮކްލެޓް ކެއުމުގެ ބަދަލުގައި، ޑާކް ޗޮކްލެޓް ބޭނުން ކުރުމަށެވެ. ޑާކް ޗޮކްލެޓް ކެއުމަކީ ސިކުނޑީގެ ސިއްހަތަށާއި މޫޑު ރަނގަޅު ކުރުމަށް ފައިދާހުރި ކަމެކެވެ.
ސާޖިދުގެ ކުރިއަށް އޮތް ކޮމެޑީ ފިލްމަށް މަޝްހޫރު ގިނަ ނަންތަކެއް!
ރޯދައިގެ ކުރިން ފެނަކައިގެ ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުވާނެ
އެގްރޯނެޓްގެ އެމްޑީ ކަމަށް ކުރީގެ މެންބަރު ސިނާން އައްޔަންކޮށްފި