ޕެރަމައުންޓް ޕިކްޗާސްއިން ވަނީ އެ ސްޓޫޑިއޯގެ ކުރިއަށް އޮތް ފިލްމު "އެބެނޭޒާ: އަ ކްރިސްމަސް ކެރޯލް"ގެ އާ އޮފިޝަލް ޓްރެއިލާ އާއްމު ކޮށްފަ އެވެ.
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޗާލްސް ޑިކެންސްގެ މަޝްހޫރު ކްލާސިކް ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގައި، "އެބެނޭޒާ ސްކްރޫޖް"ގެ އައިކޮނިކް ރޯލުން ފެނިގެންދަނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯނީ ޑެޕް އެވެ.
މި ފިލްމަކީ ކުރީގެ ފިލްމުތަކާ ހިލާފަށް އަނދިރި އަދި ބިރުވެރި ސިފަތަކެއް އެކުލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި، ދަހިވެތި އަދި ހިތް ހަރު މީހެއްގެ ގޮތުގައި އުޅޭ ސްކްރޫޖްގެ ދިރިއުޅުން ކްރިސްމަސް ވިލޭރޭ ބަދަލުވެ ގެންދަނީ ޣައިބުގެ ބާރުތަކަކާ (ނުވަތަ ރޫޙުތަކަކާ) ބައްދަލުވުމުންނެވެ.
އޭނާގެ މާޒީއާއި، މިހާރު އަދި މުސްތަގުބަލުގެ މަންޒަރުތައް ފެނި، އޭނާގެ ޙަޔާތުގައި ނިންމާފައިވާ ނިންމުންތަކާމެދު ވިސްނަން މަޖުބޫރުވެ އެވެ.
ބިރުވެރި ފިލްމުތައް އުފެއްދުމުގައި މަޝްހޫރު ޑައިރެކްޓަރު ޓައި ވެސްޓް ޑައިރެކްޓްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ ނަތަނިއެލް ހާލްޕާން އެވެ.
ޖޯނީ ޑެޕްގެ އިތުރުން މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އިއަން މެކްކެލެން، ޑެއިޒީ ރިޑްލީ، ރޫޕަޓް ގްރިންޓް، ސޭމް ކްލަފްލިން، އެންޑްރިއާ ރައިޒްބޮރޯ އަދި އާތާ ކޮންޓީ ފަދަ މަޝްހޫރު އެކްޓަރުން ހިމެނެ އެވެ.
ޕެރަމައުންޓް ޕިކްޗާސްއިން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކުގައި އަދި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު 27ގަ އެވެ.
ޝަކީރާއާ ގުޅުނު ކަމަށް ބުނާ ހަބަރުތައް ބެން ދޮގުކޮށްފި
ސާޖިދުގެ ކުރިއަށް އޮތް ކޮމެޑީ ފިލްމަށް މަޝްހޫރު ގިނަ ނަންތަކެއް!
ދަރިވަރު މަރުވި އެކްސިޑެންޓް: ކާރު ޑްރައިވަރު ޑްރަގަށް ޕޮޒިޓިވް