ޕްލާސްޓިކްގެ މައްސަލައަކީ ދުނިޔެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލަ އެވެ. ހައްލެއް ނުލިބިވާ މި މައްސަލައިގެ ސަބަބުން ތިމާވެށްޓަށް ގިނަ ގެއްލުންތަކެއް ލިބެ އެވެ.

އެހެން ނަމަވެސް ދާދި ފަހުން ހެދި ދިރާސާއަކުން މިވަނީ މި ބޮޑު މައްސަލައެއް ހައްލެއް ލިިބިދާނެ ކަމުގެ އުއްމީދު އާކޮށްދީފަ އެވެ. ފަނިފަކުސާގެ ވަކި ބާވަތްތަކެއްގެ ކުޅުން ޕްލާސްޓިކް ނައްތާލަދޭ ކަަމަށް އެ ދިރާސާގައި ހޯދިފައިވެ އެވެ.

ސްޕެއިންގެ ދިރާސާވެރިން ކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ ވެކްސް ނަމަކަށް ކިޔާ ފަންޏެއްގެ ކުޅުން ޕްލާސްޓިކްގެ ބާވަތެއް ކަމަށްވާ ޕޮލިތެލީން ނައްތާލާ ކަމަށެވެ.

އެ ދިރާސާއިން އިތުރަށް ހާމަވި ގޮތުގައި އެތައް އަހަރަކުން ޕްލާސްޓިކަށް ލިބޭ ގެއްލުން މި ދިރުމުގެ ކުޅުން އެންމެ ގަޑިއިރެއްގެ ތެރޭގައި ޕްލާސްޓިކަށް ލިބެ އެވެ.

މާބުރު ހަތައިން ހަކަތަ ހޯދައިގެން ދިރިއުޅޭ މި ފަނީގެ ކުޅުގައި ހުންނަ ދެ އެންޒައިމްއެއްގެ ސަބަބުން ޕްލާސްޓިކް ހަލާކުވާ ކަމަށް ދިރާސާވެރިން ބުނެ އެވެ.

މި ހޯދުމާއެކު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޕްލާސްޓިކް ޕޮލިއުޝަންއަށް ހައްލެއް ލިބިދާނެ ކަމުގެ އުއްމީދު ވަނީ ލިބިފަ އެވެ. އެގޮތުން މި ފަނި ދިރުވާ އާލާކޮށް އިތުރު ދިރާސާތައް ކުރުމަށް ސައިންސްވެރިން އަންނަނީ ތައްޔާރު ވަމުންނެވެ.