ދިވެހިން މެދުގައިވެސް މަގުބޫލު ރިއަލިޓީ ޝޯ ކަމަށްވާ "ބިގްބޮސް" ސީޒަން 16 ފެށިގެން ހަފްތާއެއް ވެގެން ގޮސްފައިވާއިރު މިފަހަރުގެ ސީޒަންނާއި ގުޅިގެން ތަފާތު ހަބަރުތަކެއް ވަނީ ފެތުރިގެން ގޮސްފަ އެވެ. އަދި ޝޯއާ ގުޅިގެން އެކި ވާހަކަތައް ދައްކާއިރު މިޝޯގައި މަޝްހޫރު ޑައިރެކްޓަރު ސާޖިދު ޚާން ބައިވެރިވުމުން ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

2018 ވަނަ އަހަރު ބޮލީވުޑްގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކާއި މެދުގައި ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިފައިވާއިރު އޭގެ ތެރޭގައި ސާޖިދު ޚާން ހިމެނެ އެވެ. މިއާއެކު ގުޅިގެން އޭނާގެ ފިލްމީ މަސައްކަތެއް ހަތަރު ވެގެންދިޔައިރުވެސް ފެނިގެން ގޮސްފައިނުވާއިރު ކުއްލިއަކަށް ބިގްބޮސްއިން ފެނިގެން ދިޔުމުން ބެލުންތެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެހެންވެ ސާޖިދު ޝޯ އިން ބޭރުކުރަން ގޮވާލައި ޓްވިޓާގައި ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ. ހާއްސަކޮށް 'ބިގް ބޮސް' ފަދަ ޝޯއެއްގައި ބައިވެރި ކުރަންވާނީ ފަސްބައި ސާފު ތުހުމަތުތަކުން ބަރީއަވެގެންވާ މީހުން ކަމަށް ދަނީ ބުނަމުންނެވެ. އަދި އޭނާ ޝޯ އިން ބޭރުކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ވަނީ ފަށައިފަ އެވެ.

ސާޖިދު "ބިގްބޮސް" ގެއިން ބޭރުކުރުމަށް ގޮވާލަމުންދާއިރު މިހަފްތާގައި ގެއިން ބޭރުވާ މީހުންގެ ލިސްޓްގައި ސާޖިދު ޚާން ހިމެނެ އެވެ. ބިގްބޮސްއިން ވަކިވެގެންދާނެ މީހަކު ކަނޑައަޅަނީ ބެލުންތެރިންގެ ވޯޓުންނެވެ.

މިރޭގެ އެޕިސޯޑް ފުރަތަމަ މިޝޯއިން ވަކިވާނެ ބައިވެރިޔަކު ހާމަވެގެންދާނެ އެވެ.