ފްލައި ދުބާއީން ސީދާ ދަތުރުތައް އައްޑޫ ސިޓީއަށް ފެށުމަށް ނިންމައިފި އެވެ.
ފްލައި ދުބާއީ އިން ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. އެގޮތުން ސީދާ ދުބާއީ އިން ގަމަށް ހަފުތާގެ ކޮންމެ ދުވަހަކު ފްލައިޓްތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ. މިއާއެކު ފުލައި ދުބާއިން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު 28 އަށް އިތުރުވެގެންދާނެ އެވެ.
ދުބާއީން އައްޑޫއަށް ބިޒްނަސް ކުލާހުގައި ދަތުރުކުރާނަމަ ދެކޮޅު ޓިކެޓްގެ އަގަކީ 1،600 ޑޮލަރު (24،672 ރުފިޔާ) އެވެ. އިކޮނޮމީ ކުލާހުގައި ދެކޮޅު ޓިކެޓްގެ އަގަކީ 550 ޑޮލަރު (8،481 ރުފިޔާ) އެވެ.
ދުބާއީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައި ދުބާއީން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިވަގުތު ބައިނަލްއަގްވާމީ ދަތުރުތައް ކުރާ ހަމައެކަނި އެއާލައިނަކީ ސްރީލަންކަން އެއާލައިންސް އެވެ.
ދަފުތަރުގައި ނެތް 3 ކުންފުންޏަކަށް 52 މިލިއަންގެ ޕްރޮޖެކްޓް ބެހި
ޕީއެންސީ ޖަލްސާއަށް ސަރުކާރު މުވައްޒަފުން ދާން މަޖުބޫރު ކުރުވަނީ
މެޗު ވިއްކަން އެއްބަސްވި 17 ރެފްރީއަކު ހައްޔަރުކުރަނީ