(11 ޑިސެމްބަރު) - ދުނިޔޭގެ މަޝްހޫރު ޓައިމް މަޖައްލާއިން ކޮންމެ އަހަރަކު ހޮވާ އަހަރުގެ ޝަޚުސިއްޔަތުގެ އެވޯޑަށް އެމެރިކާގެ ރައީސްކަމަށް އަލަށް އިންތިހާބު ކުރެވުނު ރައީސް ޖޯ ބައިޑެން އަދި ނައިބް ރައީސްކަމަށް ހޮވިވަޑައިގެންނެވި ކަމާލާ ހެރިސް އަށް ލިބިއްޖެ އެވެ.

މި އަހަރު މި އެވޯޑަށް ވާދަކުރި މީހުންގެ ތެރޭގައި ހިމެނެނީ ރައީސް އާއި ނައިބް ރައީސްގެ އިތުރުން ސިއްހީ ހިދުމަތްތެރިންނާއި، އެންތޮނީ ފައުޗީ، ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާ އަދި މިހާރުގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

މިއަހަރު އެމެރިކާގައި ބޭއްވި އިންތިހާބު ޖޯބައިޑެން ކާމިޔާބު ކުރެއްވީ 306 އިލެކްޓޯރަލް ވޯޓް ހޯއްދަވައިގެންނެވެ. ޓްރަމްޕް އަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ވޯޓެވެ.

ޓައިމް މެގަޒިންގެ މަޝްހޫރު އަހަރުގެ ސަހްސިއްޔަތުގެ އެވޯޑް ދޭން ފެށީ 1927 ވަނަ އަހަރުގަ އެވެ. އަހަރުގެ ސަހުސިއްޔަތުގެ އެވޯޑަކީ އެ އަހަރަކު އެންމެ ފާހަގަކޮށްލެވޭ ކަމެއް ކުރި މީހަކަށް ދެވޭ އެވޯޑެކެވެ – ޔަހޫ ނިއުސް