ހދ. ގެ ރަށްތަކަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނަށް އެއަތޮޅު ނެއްލައިދޫން ތަފާތު ގޮތަކަށް މަރުހަބާ ކިޔައިފި އެވެ.

ޓޫރިޒަމް މިނިސްޓަރާއި އެމަނިކުފާނުގެ ވަފުދު ނެއްލައިދޫއަށް ވަަޑައިގަތުމުން ގެންދެވީ ރަށު ރައްޔިތުން ރަށުގައި ތައްޔާރުކޮށްފައިވާ ހިޔާލީ ރިސޯޓަށެވެ.

ނެއްލައިދޫ ރައްޔިތުންގެ އިހްތިޖާޖު ތަފާތު ގޮތަކަށް

އެގޮތުން ރިސޯޓުގެ ރިސެޕްޝަން އޭރިއާއިން ފެށިގެން ޑައިވް ސެންޓަރާ ސްޕާ ފަދަ ރިސޯޓެއްގައި ހުންނަ މުހިއްމު ތަންތަނުގެ ނަންބޯޑު ޖަހާ ނެއްލައިދޫގެ ރައްޔިތުން ވަނީ ކުޑަ ކުޑަ ރިސޯޓެއް ތައްޔާރުކޮށްފަ އެވެ.

ނެއްލައިދޫ ރައްޔިތުންގެ އިޖްތިޖާޖު ތަފާތު ގޮތަކަށް

ނެއްލައިދޫގެ ރައްޔިތުން ބުނީ މިފަދަ ގޮތަކަށް މިނިސްޓަރަށް މަރުހަބާ ކިޔަން ޖެހުނީ ރަށު ރައްޔިތުންގެ ހިތުގެ ޝުއޫރުތައް ހާމަކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން ނެއްލައިދޫ ރައްޔިތުން ބޭނުންވަނީ ފަތުރުވެރިކަން ތަރައްގީވެގެން ދިއުން ކަމަށެވެ.

މިނިސްޓަރު ވަޑަގެންނެވީ ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެމްބަރު ޒިޔާދުއާވެސް އެކުގަ އެވެ.

"ޓުއަރިޒަމަށް 50 އަހަރު. ހދ. އަށް އަންނަ އަހަރު. މިއީ ހައްގު މިންވަރުތޯ،" މިހެން ލިޔެފައި އޮތް ބެނާއެއް ކުރިމަތީގައި ވަޒީރާއި މެމްބަރު ފޮޓޯ ނަންގަވާފައިވާ ތަން ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ފޮޓޯތަކުގައިވެ އެވެ.

ނެއްލައިދޫ ރައްޔިތުންގެ އިޖްތިޖާޖު ތަފާތު ގޮތަކަށް

ރައްޔިތުން ބުނެފައިވަނީ އެއްވެސް ސަރުކާރަކުން ހދ. ގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މަސައްކަތް ނުކުރާ ކަމަށާއި މިހާރު ހދ. އަތޮޅުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ތިން ރިސޯޓެއްގެ މަސައްކަތް ވެސް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

ނެއްލައިދޫ ރައްޔިތުންގެ އިހްތިޖާޖު ތަފާތު ގޮތަކަށް

ނެއްލައިދޫގެ މީހުން ބުނާގޮތުން، ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުނުއިރު ވެސް އެ އަތޮޅުގައި ރިސޯޓެއް ނެތުމަކީ ސަރުކާރުތަކުން ވެފައިވާ އިހުމާލެކެވެ.