ރިއަލިޓީ ޝޯ "ބިގް ބޮސް 16" ހުށައަޅައިދެމުން އަންނަ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާނަށް ޑެންގޫ ހުން ޖެހިގެން ބްރޭކެއް ނަގައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސަލްމާން ޚާނަށް ޑެންގީ ޖެހިގެން މިހާރު ފަރުވާ ހޯދަމުންދާއިރު ދެން އޭނާ "ބިގްބޮސް" ހުށައަޅައިދޭނީ ބަލިން ރަނގަޅުވުމުން ކަމަށެވެ.

"ބިގްބޮސް"ގެ ބައިވެރިންގެ ކުލާސް ނަގައިދިނުމަށް ސަލްމާން ކޮންމެ ހަފްތާގެ ބަންދު ދުވަސްތައް ކަމަށްވާ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ރޭ ގެނެސްދޭ "ވީކެންޑް ކާ ވާރު"ގައި ރޭ އެޕިސޯޑް ގެނެސްދީފައި ވަނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރެވެ.

ކަރަން ޖޯހަރަކީ މީގެ ކުރިންވެސް "ބިގްބޮސް" ގައި މެހެމާނެއް ގޮތުގައި ބައިވެރިވެފައިވާ ފަރާތެކެވެ. އަދި "ބިގްބޮސް އޯޓީޓީ"ގެ ފުރަތަމަ ސީޒަން ހުށައަޅައިދީފައިވަނީ ކަރަން އެވެ.

"ވީކެންޑް ކާ ވާރު" އަކީ ހަފުތާގެ ތެރޭގައި "ބިގް ބޮސް" ގެ ބައިވެރިންގެ ޕަފޯމަންސަށް އަލިއަޅުވާލައި ބައިވެރިންގެ ފަރާތުން ފެންނަ ރަނގަޅު ކަންތައްތަކާއި ގޯސް ކަންތައް ވެސް ފާހަގަކުރާ އެޕިސޯޑްތަކެވެ.

"ބިގް ބޮސް 16" ދައްކަން ފެށީ މި މަހުގެ 1 ގަ އެވެ

ބިގް ބޮސްގެ އިތުރުން ސަލްމާން ވަނީ އޭނާގެ ފިލްމު "ކިސީ ކާބާއީ ކިސީ ކީ ޖާން" މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.

މިއަހަރު ސަލްމާންގެ "ޓައިގާ 3" ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.