ކޮވިޑް-19ގެ މި ދަތި ހާލަތުގައި ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ހާން ގެންދިޔައީ އެކި ގިތް ގޮތުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
މި ބަލިމަޑުކަމުގެ ތެރޭގައި މިހާތަނަށް ޝާހުރުކް ވަނީ ކެރެލާއަށް 20،000 އެން-95 މާސްކާއި ޗަޓިސްގަރްގެ ސިއްހީ ހިދުމަތްތެރިންނަށް 2000 ޕީޕީއީ ކިޓް ހަދިޔާ ކޮށްފަ އެވެ.
ދާދި ފަހުން ޝާހު މިވަނީ ކޮވިޑް-19 ޖެހިފައި ތިބި ބަލި މީހުންނަށް 500 ރެމްޑެޑިވިރް އިންޖެކްޝަން ހަދިޔާކޮށްފަ އެވެ. މިކަން ފާހަގަކޮށް ޝާހު އަށް ޝުކުރު އަދާކޮށް ދިއްލީގެ ހެލްތު މިނިސްޓަރު ސަތްޔަންދަރް ޖައިން ވަނީ ޓުވީޓު ކުރައްވާފަ އެވެ.
އެ ޓުވީޓަށް ރިޕްލައި ކޮށް ޝާހު ލިޔެފައިވާ ގޮތުން މި ބަލިމަޑުކަމުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ކުރިއަށް އޮތްތާ ވެސް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ އާއި އޭނާގެ ޓީމު ތައްޔާރަށް އޮތް ކަމަށެވެ.
ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމު ރަސެލް ކްރޯއާ އެކުގައި!
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!
ބަރުދަން ލުއިކުރާ އިންޖެކްޝަންނުން 200 އަށްވުރެ ގިނަ މަރު
