ދޯހާ (24 ނޮވެމްބަރު) – މެޗުގެ ދެވަނަ ހާފުގައި ފޯވަޑް ބްރީލް އެމްބޯލޯ ޖެހި ލަނޑާއެކު، ފީފާ ވޯލްޑް ކަޕްގައި މިއަދު ކެމަރޫން އަތުން 1-0 އިން މޮޅުވެ ސްވިޓްޒަލޭންޑް ފެށުން ރަނގަޅުކޮށްފި އެވެ.

މެޗުގެ ދެވަނަ ހާފުގައި އެމްބޯލޯ އަށް އޭރިޔާ ތެރެއިން ލިބުނު ފުރުސަތު ބޭނުން ހިފައި ގޯލު ކާމިޔާބުކުރި ނަމަވެސް، އޭނާ އުފާފާޅެއް ނުކުރެ އެވެ. އެއީ ކެމަރޫނަކީ އެމްބޯލޯގެ އުފަން ގައުމު ކަމަށްވާތީ، އެ ގައުމަށް އޮތް އިހުތިރާމެއްގެ ބޮޑުކަމުންނެވެ. އެމްބޯލޯގެ އާއިލާ އިން ކެމަރޫން ދޫކޮށް ސްވިޓްޒަލޭންޑަށް ބަދަލުވީ އޭނާގެ އުމުރުން ހަ އަހަރުގަ އެވެ. އަދި 2014 ވަނަ އަހަރު ސްވިޓްޒަލޭންޑްގެ ރަށްވެހިކަން ލިބުމާއެކު، އޭނާ ނިންމީ ސްވިޓްޒަލޭންޑްގެ ޓީމަށް ކުޅޭށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސްވިޓްޒަލޭންޑަށް އުނދަގޫތައް ކުރިމަތިވި އެވެ. އަދި ކެމަރޫންގެ ފޯވަޑް އެރިކް ޗޫޕޯ މޯޓިންގް އާއި ބްރައިޔަން އެމްބެއުމޯ އަދި މާޓިން ހޮންގްލާ އަށް ރަނގަޅު ފުރުސަތައް ވެސް ލިބުނެވެ.

މެޗުގެ ދެވަނަ ހާފުގައި ސްވިޓްޒަލޭންޑް އިން ލީގު ނެގި ފަހުން، އެ ޓީމަށް ފުޅާކުރުމަށް ފުރުސަތުތަކެއް ލިބުނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ރުބެން ވާގަސް ފޮނުވާލި ހަމަލާ އެވެ. ވާގަސް ހަމަލާ ކެމެރޫންގެ ގޯލްކީޕަރު އަންދްރޭ އޮނާނާ އެވެ.

މިއީ ވޯލްޑް ކަޕްގައި ކެމަރޫން ޖެހިޖެހިގެން ބަލިވި 8 ވަނަ މެޗެވެ.

މި ގުރޫޕްގައި މިރޭ ކުޅޭ ދެވަނަ މެޗުގައި ބްރެޒިލްއާ ދެކޮޅަށް ނުކުންނާނީ ސާބިއާ އެވެ. -- އޭއެފްޕީ